ލަންކާގެ މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި ދެ މީހުން މަރުވެއްޖެ

ސްރީލަންކާއަށް މޫސުން ގޯސްވެ، ހިނގި ތަފާތު އެކި ހާދިސާތަކުގައި ދެ މީހަކު މަރުވެ، 9000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.
Advertisement
ސްރީލަންކާއަށް މޫސުން ގޯސްވެ، ހިނގި ތަފާތު އެކި ހާދިސާތަކުގައި ދެ މީހަކު މަރުވެ، 9000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.
އެގައުމުގެ ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 2530 އާއިލާއެއްގެ 9016 މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމުން ދަނީ ލަންކާ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުން 21 ގެޔެއް ވަނީ ބިމާ ހަމަވެފަ އެވެ.
އޭގެ އިތުރުން 251 ގެޔަކަށް އެކިވަރުގެ ގެއްލުން ވެފައި ވާއިރު، 1228 އާއިލާއެއްގެ 4284 މީހުން ތިބީ ވަގުތީ ހިޔާގަ އެވެ. އެފަދަ 44 ހިޔާ ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް މާލީ އެހީ ދިނުމަށް ނިންމާފައި ވާއިރު، ގެ ހަލާކުވި އާއިލާތަކަށް 2.5 މިލިއަން ރުޕީޒް ދޭން ވަނީ ކަނޑައަޅާފަ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ބައެއް މަގުތަކުގައި ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފައި ވާއިރު، ނުވަ ޑިސްޓްރިކްޓެއްގެ ކޯރު ހިމެނޭ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެ ކަމަށް ވަނީ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅު އަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ