ފީއަލީގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ

ފީއަލީ އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެއެވެ.
މިދިޔަމަހުގެ 9 ވަނަ ދުވަހު ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، އެމީހާއަށް އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދީފައިވާކަމަށެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ނިޔާވެފައިވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި އެމީހާގެ ހަށިގަނޑު މިމަހުގެ 5 ވަނަ ދުވަހު ޤައުމަށް ފޮނުވާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ފީއަލީ އަލިފާނުގެ ހާދިސާގައި މިފްކޯގެ އައިސްޕްލާންޓާއި 3 ބޯޓެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ