މުޅިދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަކަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ދުނިޔޭގައި ފާހަގަ ކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސް ސާލިޙް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަހަރު ދުނިޔޭގެ ސިއްހަތު ދުވަހާއި ކުރިމަތިލާއިރު ކުރިމަތިވެފައިވާ ނުރައްކަލަކީ މިޖީލަށް ސިއްހީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ކާރިސާ ކަމަށެވެ.
އެގޮތުން މިހާރުގެ ޖީލަށް މި ކުރިމަތިވެފައިވާ ސިއްހީ ނުރައްކަލުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި ހެލްތުޕްރޮފެޝަނަލުންގެ މަސައްކަތް ވަރަށް ފުރިހަމައަށް ފެނިގެންދާ ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ހުރިހައި ފަރާތްތަކަކަށް ރައީސް ވަނީ ޝުކރު އަދާކުރައްވާފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާންގެ ދުޢާއަކީ މިހާރު މުޅިދުނިޔެއަށް ކުރިމަވެފައިވާ ކޮރޯނާ ވައިރަހުގެ ނުރައްކަލުން މުޅި ދުނިޔެ ސަލާމަތްވެ އަަވަހަށް ރައްކާތެރި މާހައުލަކަށް ދެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ދާދިފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިޙް ވިދާޅުވެފައި ވަނީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއްވެސް މިހާރު އަޅަމުން ދަނީ ސިއްހީ ހިދުމަތްތެރިން ލަފަޔާއި އިރުޝާދާއި އެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެންމެ ފަހުބަސް ވެސް އަދި އިސް ބަސްވެސް ބުނާނީ އެފަރާތްތަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ނުރައްކަލުގެ ހާލަތުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ ފަރާތްތަކަށް ރައީސްގެ ޝުކުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ