މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފި ކަރަންޓު ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އެއްވަރުވީ ޑިސްކައުންޓް ދިނުމުން ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައި، ތަޅުމަށް ފޮނުވައިފިއެވެ.
ޖުޑީޝަރީ ކޮމިޓީން މިއަދު މެންދުރު ބައްދަލުވުން ފެށީ ހުޅުވާލައިގެންނެވެ. އެހެންނަމަވެސް ބައެއް ޒާތީ މައުލޫމާތު ހިމެނޭތީ ބައްދަލުވުން ސިއްރުކުރުމަށް ކޮމޮޓީން ނިންމާފައިވާއިރު ކޮމިޓީގެ ބާކީ ބައި ގެންދިޔައީ ސިއްރުންނެވެ. ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ކޮމިޓީގައި ތިއްބަވާ ޕީއެންސީ މެންބަރުން ނިންމެވުމުން، ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ބައްދަލުވުން ދޫކުރައްވައި ވަނީ ވަޑައިގެންފައެވެ. އެހެންވެ ސިއްރު ބައްދަލުވުމުގައި ތިއްބެވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ