ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ 'ޑިސްކައުންޓް ވީކް' ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފެށީ މިދިޔަ ހޮނިހިރުގަ އެވެ. މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
ތަފްސީލް - ޑިސްކައުންޓު ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:
ފަހި ޕްލާޒާ (%5 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ހުވަނދުމާ ހިނގުން
ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ހިތިގަސް މަގު، ގޯޅި 17
އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)؛ ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް
ބްރެޑް މެޓާސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ސެންޓްރޯ މޯލް
އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް)؛ ވިނަރެސް 10، ހުޅުމާލެ ފޭސް 2
މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ސެންޓްރޯ މޯލް
ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް)؛ އަމިން އެވެނިއު، މޭޕަލް ޓަވަރު
ކޮފީ ވިއު (%5 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ފެރީ ޓާމިނަލް ކިއޮސްކް 1
ޗިކިންގ (%10 ސްޓޯ ވައިޑް ޑިސްކައުންޓް)؛ އަމިން އެވެނިއު، އޯކް ޓަވަރު
ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް)؛ އަސުރުމާ ހިނގުން
ބޭކާސް ބާސްކެޓް (%5 ސްޓޯ ވައިޑް ޑިސްކައުންޓް)؛ ނިރޮޅު މަގު، ލޮޓް ނަންބަރު 11203
އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް)؛ އަމިން އެވެނިއު، މޭޕަލް ޓަވަރު
އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް)؛ ބޯގަންވިލާ މަގު
ގުޅުން ހުރި - މީގެ އިތުރުން، އިއްޔެ ފާހަގަކުރި ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ.
މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، މި ހަފްތާގައި އޮންނާނީ:
ސްޓޯރީ ފޮޓޯ ވޯކް
ހުޅުމާލެ މަސްރޭސް
ސައިކްލިން ޗެމްޕިއަންޝިޕް
ހެލްތު ކޭމްޕު
ބީޗު ފެސްޓް
ހުޅުމާލެއަށް 21 އަހަރު: ގިނަ ފިހާރަތަކާއި ކެފޭތަކުން ހަފްތާއަކަށް ޑިސްކައުންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ