މިނިވަންކުރި ފަލަސްތީނު ރައްޔިތުން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ހިނގައްޖެ

މިނިވަންކުރި ފަލަސްތީނު ރައްޔިތުން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް އަންނަމުން އެބަދެއެވެ.
ފަލަސްތީނުގެ ގައިދީން ދޫކުރުމުގެ ޑީލްގެ ދަށުން އިޒްރޭލުގެ ޖަލުތަކުން ދޫކޮށްލި ގައިދީންގެ ގްރޫޕެއް ހޮނިހިރު ދުވަހު ވެސް ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް ވަނީ ގެނެވިފައެވެ. މި ގައިދީން ސީދާ ގެންދެވިފައިވަނީ މެޑިކަލް ޗެކަޕްތައް ހެދުމަށް ޔޫރަޕިއަން ހޮސްޕިޓަލަށެވެ.
ފަލަސްތީނު ޕްރިޒަނާސް މީޑިއާ އޮފީހުން މީޑިއާއަށް މަޢުލޫމާތު ދިން ގޮތުގައި، ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ނާދިރު ޖަމާލު ހުސެއިން އެމްބިއުލާންސްގައި ވަނީ ހޮސްޕިޓަލަށް ގެންދަން ޖެހިފައެވެ. މެޑިކަލް ވަސީލަތްތަކުން އަނަޑޯލުއަށް މައުލޫމާތު ދިން ގޮތުގައި ހުސެއިންގެ މޫނުމަތީގައާއި ހަށިގަނޑުގައި ފެންނަން ހުރި އަނިޔާގެ ނިޝާންތަކާއެކު، އޭނާއަށް ކޮޅަށް ހުރެވޭ ވަރުވެސް ނުވެއެވެ. އަދި އޭނާގެ ހަށިގަނޑުގެ ބަރުދަން ވަނީ ބޮޑުތަން ދަށްވެފައެވެ.
މިއީ މިހާރު ކުރިއަށްދާ ގައިދީން ބަދަލުކުރުމުގެ ޑީލްގެ ދަށުން ދޫކޮށްލެވުނު ހަވަނަ ބެޗްގެ ގައިދީންނެވެ. މީގެ ކުރިން ހޮނިހިރު ދުވަހުގެ ހެނދުނު، ހަމާސްގެ އަސްކަރީ ފިޔަ އަލް-ޤައްސާމް ބްރިގޭޑްސް އަދި އިސްލާމިކް ޖިހާދުގެ އަސްކަރީ ފިޔަ އަލް-ޤުދުސް ބްރިގޭޑްސްއިން ވަނީ އެމެރިކާ އަދި ރަޝިއާގެ ދެ ޤައުމުގެ ރައްޔިތުންކަން އޮތް ދެމީހުން ހިމެނޭގޮތަށް އިޒްރޭލްގެ 3 ގައިދީއަކު ދޫކޮށްލާފައެވެ.
މި ޑީލްގެ ދަށުން އިޒްރޭލުން ވަނީ ފަލަސްތީނުގެ 369 މީހުން ބަންދުން ދޫކޮށްލާފައެ×ވެ. މީގެ ތެރޭގައި ހިމެނެނީ އުމުރު ދުވަހުގެ ޙުކުމް ތަންފީޒުކުރަމުންދިޔަ 36 މީހުންނާއި 2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 ގެ ފަހުން ހައްޔަރުކުރެވުނު 333 މީހުންނެވެ.
ޣައްޒާގައި އިޒްރޭލުން ހިންގަމުންދިޔަ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގައި ފަލަސްތީނުގެ 48,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މީގެ ގިނަ އަދަދެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަނގުރާމައިގެ ސަބަބުން ޣައްޒާ ވަނީ ބޮޑުތަން ހަލާކުވެފައެވެ.
2024 ވަނަ އަހަރުގެ ޖަނަވަރީ 19 ގައި ހަނގުރާމަ ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ދެފަރާތުންވެސް ވަނީ ހަމަލާދިނުން މަޑުޖައްސާލާފައެވެ. އެހެން ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލްގެ ނިރުބަވެރި ސިފައިންގެ އޮޕަރޭޝަންތައް ކޮންމެ ދުވަހަކުވެސް ހުޅަނގު އައްސޭރީގައި ކުރިއަށް ދެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ