މާލެއިން މީހަކު ހޯދަނީ، އެންމެ ފަހުން ޚަބަރެއްވީ ހޮނިހިރު ދުވަހު
މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގެއްލިގެން ހޯދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، (37އ) ކަމަށެވެ. ފުލުހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 16:51 އިން ފެށިގެން ޝިހާދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް، ރިޕޯޓުކުރީ ރޭ 20:05 އެހައިކަންހާއިރު ކަމަށެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. https://x.com/PoliceMv/status/1899329798549250477 ފުލުހުން ބުނީ، ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ. ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ