އޮރެންޖު ސަމާލު ދަންމާލައިފި، ބ އަތޮޅުން ދ އަތޮޅަށް މޫސުން ވަރަށް ގޯސް

ބ އަތޮޅުން ދ އަތޮޅަށް ނެރެފައިވާ މޫސުމީ އިންޒާރު އާ ކޮށް ވަގުތު އިތުރު ކޮށްފި އެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެކެވެ. މިއަދާއި މިރޭ އެންމެ މޫސުން ގޯހީ ބ އަތޮޅުން ފެށިގެން ދ އަތޮޅުގެ ރަށްތަކަށެވެ. އެ ސަރަހަައްދަށް އޮތީ އޮރެންޖް ސަމާލު ނެރެފަ އެވެ.
ފުރަތަމަ އެ ސަމާލު ނެރުނީ މިރޭ 9:45 އިން 12:00 އަށެވެ. ނަމަވެސް އެ ސަމާލު އާ ކޮށް މެންދަމު 3:00 އާ ހަމައަށް މިހާރު ވަނީ ދަންމާލާފަ އެވެ.
Advertisement
މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ފެންބޮޑުވާނެތީ ސަމާލުވާން ވެސް އެދިފައިވެ އެވެ.
ކ އަތޮޅުން ފެށިގެން މ އަތޮޅަށް އޮތީ ރީންދޫ ސަމާލު ނެރެފަ އެވެ. ނ އަތޮޅުން ފެށިގެން ގދ އަތޮޅާ ހަމައަށް އޮތީ ހުދު ސަމާލު ނެރެފަ އެވެ.
މާލެ ސަރަހައްދަށް ހުއްޓުމެއް ނެތި ދަނީ ވާރޭވެހެމުންނެވެ. ބައެއް ވަގުތުތަކުގައި ވަރަށް ބޯކޮށް ވެހުމުގެ ސަބަބުން މާލެއާ ހުޅުމާލޭގައި ވަނީ ފެންބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ