ފާތުމަތު ރައުޒާ
އެއްވެސް ބިރެއް ފިކުރެއްނެތި އެނއަދިރިގަޑުގެ ތެރެއަށް ޒޯޔާ ގެނބިގަތީ ދެންވާނެ ގޮތަކަށް ވިސްނާފައެއް ނޫނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި އެކަނިމާ އެކަނި ދިރިއުޅުން ތަހަންމަލުކުރަން ޖެހުމުން ޒޯޔާ ވަނީ އެތަކެއް ގޮންޖެހުން ތަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ އިއްޔެއަކު މިއަދަކު ފެށުން ކަމެއް ނޫނެވެ.އެއީ މީގެ 10 އަހަރު ކުރިއެވެ.އާދައިގެމަތިން އިރުގެ ދޯދިތައް ރަށުގެ ތެރެއަށް ފަތުރާލުމާއިއެކު މަގުތަކަށް ނިކުމެ ކުނި ކަހަން ފެށިއެވެ. ކުޑަ ކުދިންތައް ތަފާތު ކުޅިވަރުތައް ކުޅެމުން ދިޔައިރުވެސް ފެނިގެން ދިޔައީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެކަކު އަނެކަކަށް އެހީތެރިވާތަނެވެ. އެގޮތުން ގޭގެ ދޮރާށިން ނިކުމެގެން 5 އަހަރުގެ ތުއްތު ޒޯޔާވެސް މިސްރާބު ޖެހީ އެކުދިންނާއެކު ކުޅެން ބައިވެރިވާށެވެ. މަންމަ އެއް ބައްޕައެއް ނެތް މިތުއްތު ކުއްޖާ ދިރިއުޅޭނީ އެކި ދިމަ ދިމާލުގައެވެ.ކައި ބޮއެ އުޅެނީ މީހުން އުކާފައި ހުންނަ ކާއެއްޗިއްސެވެ. ލައިގެން ހުންނަނީ ހަޑިވެފައި ހުންނަ ހެދުން ތަކެވެ. ރަށު މީހުންގެ ކުދިންނަށް ނުލެވޭ ހެދުންތައް ޒޯޔާއަށް ދިނުމުގެ ބަދަލުގައި އޭނައާއި ދިމާލަށް އުކައެވެ. މިހެން އެކި ގޮތް ގޮތަށް ލިބޭ ހެދުންތައް ޒޯޔާ ލައިގެން އުޅެއެވެ.ތުއްތު ފުރާނައަށް އަޅާލާނެ، ލޯބި ދީގެން ގެންގުޅޭނެ މީހަކު މިދުނިޔެ މަތީގައި ނެތީ ހެއްޔެވެ؟ ކުދިންތައް ކައިރިއަށް ކުޅެން ދިއުމުން އެކުދިންތައް “އައްޗީ އެއްކަލަ ޒޯޔާ.. އެއްކަލަ ހަޑި ކުއްޖާ” ގޮވައި އެތަނުން ދުއްވައިގަނެއެވެ. އުމުރުން ހަގު ނަމަވެސް ޒޯޔާގެ ހިތުގައި ވަރަށް ޖެހުނެވެ.މިހެން އުޅުމުގެ ތެރޭގައި ޒޯޔާއަށް ވަރަށް ރަނގަޅު މީހަކާއި ދިމާވިއެވެ. ޒޯޔާއަށް ރީތި ހެދުންތައް ގަނެދީ ކާންދީ ގެންގުޅުނެވެ. ނަމަވެސް އެއީ ފިރިހެނެކެވެ. އެފިރިހެނާގެ ހިތްވަނީ އަމިއްލަ އެދުމުން ފޯވެފައެވެ. ހާސިލް ކުރަން ބެނުންވަނީ އެހެން ކަމެކެވެ. ޒޯޔާއަށް ލޯބިދީ ގެންގުޅެނީ އެކަން ހާސިލް ކުރުމަށް މަގެއް ހޯދާށެވެ.އެއްދުވަހެވެ. ހޭލައިގެން ދަތް އުނގުޅުމަށްފަހު ފެންވަރައި ރީތިވެލައިގެން ޒޯޔާ ނިކުންއިރު އެ ފިރިހެނާ ބޭރުގައި ހުއްޓެވެ. ޒޯޔާ “ބޭބެ” ކިޔާ ގޮވާލުމުން ބަލައިލީ ޒޯޔާގެ ރީތިކަމުންނެވެ. ގެންގޮސް ކާންދީފައި ކުޅެން އުޅުމަށްފަހު ކުއްލިއަކަށް ކަންތައް ވެގެން ދިޔައީ ޒޯޔާވެސް ހިތައްއެރި ގޮތަކަށް ނޫނެވެ. އެފިރިހެނާ ޒޯޔާގެ އިއްފަތްތެރިކަން ފޭރިގަތީއެވެ. އެހާ ތުއްތުއިރު މިހެން ކަންތައް ދިމާވުމުން ޒޯޔާއަށް ދެން އަޅަން ޖެހުނު ފިޔަވަޅެއް ނޭނގުނެވެ. އެދުވަހަށްފަހު ޒޯޔާވެސް އެ ފިރިހެނާ ބޭނުންކަމެއް ފުއްދައިދެއެވެ.އެއީ ޒޯޔާ ބޭނުންގޮތް ނޫންނަމަވެސް ކުރިއަށް ވެދާނެގޮތަކަށް ނުވިސްނައި އެ ފިރިހެނާއަށް ދޮރެއް ހުޅުވައިދެވުނީ އެއްވެސް ބިރެއްނެތިއެވެ.ކަންހިނގައި ދިޔައީ މިފަދަ ގޮތަކަށެވެ.ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ރަށުތެރޭގައި ފަޑުފާޑުގެ އަޑުތައް ގިނަވާންފެށިއެވެ.އެހެންކަމުން ރަށުން ބޭރުން ރަށަށް އައީ ދެމަފިރިންނަށް މިއަޑުތައް އިވި އެ ކުޑަކުޑަ ފުރާނަ ސަލާމާތްކޮށްދޭން ބޭނުންވެގެންނެވެ.ފުލުހުންނަށާއި ޖެންޑައަށް ގުޅައި މައްސަލަ ހުށައަޅައި އެދުވަހުގެ އިރުއޮއްސޭންވާއިރަށް އެމީހުން ރަށަށް އައެވެ.އެ ފިރިހެން މީހާ އެއްބަސް ނުވި ނަމަވެސް އެކުޑަކުއްޖާ ވޭނީ އަޑުން ހުރިހާ ވާހަކައެއް އެމީހުންނަށް ކިޔައިދިނެވެ. އެއީ އެ ފިރިހެނާ ދުވަހަކުވެސް ހިތަށް އެރި ކަމެއްވެސް ނޫނެވެ. އެހާ ކުޑަ ކުއްޖަކު އަކުރުންއަކުރަށް ހުރިހާ އެއްޗެއް ކިޔައިދޭން އެނގުމުން އެފިރިހެނާގެ އަނގައިން ބަހެއް ނެރުމަށް ނުކެރިފައި ހުރެވުނެވެ.ކުރިން ޒޯޔާއަކީ އެކަހަލަ ކުއްޖެއްކަން އެނގޭނަމަ އެ ފިރިހެނާ ޒޯޔާއަށް ބިރުދައްކާނެކަން ޔަޤީނެވެ.މިކަންވެސް ޒޯޔާއަށް އެނގެއެވެ.އެހެންވެ ޒޯޔާ އެއްޗެކޭ ނުބުނެ ހުރީއެވެ.ޒޯޔާގެ ވިސްނުން މާތޫނެވެ.ޒޯޔާއަކީ އެހެންކުދިންނާއި ތަފާތު ކުއްޖެކެވެ.ކުޑަނަމަވެސް ދުނިޔެ ހިނގާ ނުހިނގާ ގޮތް ދަނެއެވެ.ޖެންޑާއިން އެ ދެމަފިރިންނާއި ޒޯޔާ ހަވާލިކުރީ އެދެމަފިރިން އެދުނު އެދުމަށެވެ.ދަރިން ލިބުމުން މަހުރޫމްވެފައިވާ ދެމަފިރިންނަށް ލިބިދެންދިޔަ އެންމެ ބޮޑު ނިޢުމަތަކީ ޒޯޔާއެވެ.ޒޯޔާގެ ކަޅު އަނދިރި ދުވަސްތައް އުޖާލާ ކުރުވީ އެދެމަފިރިންނެވެ.އެއި މިހާރު ޒޯޔާގެ މަންމައާއި ބައްޕައެވެ.ޒޯޔާގެ ދުނިޔެއެވެ.ހިތްހަމަޖެހުމެ އަދި ޒޯޔާގެ ދިރިއުޅުމެވެ.އެދުވަހަށްފަހު ޒޯޔާގެ ދިރިއުޅުމް މުޅިން ބަދަލުވެއްޖެއެވެ. ޒޯޔާގެ ހަޔާތައް ދުވަކުވެސް ނާންނަ އުފާވެރިކަން ޒޯޔާއަށް ލިބިގެން ދިޔައެވެ.އާސަފުހާއެއް ޒޯޔާގެ ހަޔާތަށް ވެރިވެގެން ދިޔައެވެ.މިހާރު ޒޮޔާގެ އުމުރުން 15 އަހަރުވީއެވެ.ޒޯޔާގެ މަންމައާއި ބައްޕަ ޒޯޔާ ބުނާކޮންމެ ކަމެއް ކޮށްދެއެވެ.އެއީ މިހާތަނަށް ޒޯޔައަށް ނުލިބި މަހުރޫމުވެފައިވާ ލޯތްބާއި އަޅާލުމެވެ. ޒޯޔާގެ ހަޔާތް މުޅިން ބަދަލުވެއްޖެއެވެ.އެއީކުރީގެ ފަޤީރު ޒޯޔާއެއްނޫނެވެ.އެއީ ޒޯޔާގެ ހަޔާތައް ލެއްވި ނިޢުމަތެކެވެ.ނިމުނީ
ކުރުވާހަކަ: ނިއުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ