ގައިދީއަކު ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ހަސަން (45އ) އެވެ. 
މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ މި މީހާ މަރުވީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދެމުން ދަނިކޮށް މިރޭ މެންދަމުގެ ވަގުތެއްގަ އެވެ.
އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ކަރެކްޝަނުން ބުންޏެވެ.
އޭނާ މަރުވުމާއި ގުޅިގެން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ