"ގުޑް އިންޓެންޝަން އޮތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އެ ރިޔާސީ ބަޔާނުގަ. ފާޑުކިޔާ މީހުން ފާޑުކިޔާފާނެ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމަކީ ރަގަޅު ނިޔަތުގައި، އެކަންކަން ކޮށްދެއްވާނެ ކަމުގެ މަގުސަދުގައި ވިދާޅުވީ ކަންކަން ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރިޔާސީ ބަޔާނަށްފަހު ގާސިމް މިއަދު ވަނީ މަޖިލީސް އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ މިއަދު ގައުމު މިއޮތީ ވަރަށް ނިކަމެތި ހާލަތުގައި ކަމަށެވެ. މިހާލަތަށް ގައުމު ވެއްޓުނު ސަބަބުގެ ވާހަކަ ނުދައްކައި، ކޮންމެ ބަޔަކު ވެސް ދައްކަނީ ސަރުކާރުން ވައުދު ނުފުއްދާ ވާހަކަ ކަމަށާއި، ވެވަޑައިގެންނެވި ވައުދުތައް ފުއްދެވި އެއްވެސް ރައީސަކު ރާއްޖޭގައި ވެރިކަން ނުކުރާ ކަމަށެވެ."އަޅުގަނޑު އަހާލަން ބޭނުންވަނީ ކޮން ސަރުކާރަކުން ކޮން ބޭފުޅަކު ވެރިކަމަށް އައިއްސަހެއްޔޭ ވައުދާ އެއްގޮތަށް ކަންތައް ކުރެއްވީ، ހުރިހާ ކަމެއް އެގޮތަށް ކުރެވިގެން ދިޔައީ، ހުރިހާ ކަމެއް ކޮމްޕްލީޓް ކުރެވުނީ؟ ނެތް، އެއްވެސް ސަރުކާރަކުން ވައުދުވި ކަންކަން 100 ޕަސެންޓް ކޮށްފައެއް ނެތް،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ އެކަން އެހެން އޮތަސް، ގައުމުގެ ހާލަތު ރަގަޅު ކުރުމަށް ރައީސް މުއިއްޒު ވަރަށް ބުރަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް ގެންވަމުން ގެންދަވާ ބަދަލުތަކެވެ."ގުޑް އިންޓެންޝަން އޮތްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އެ ރިޔާސީ ބަޔާނުގަ. ފާޑުކިޔާ މީހުން ފާޑުކިޔާފާނެ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައި ރަގަޅު ނިޔަތް އޮތްކަމުގެ އެއް މިސާލަކަށް ގާސިމް ދެއްކެވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމަށް މިއަހަރު ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމެވެ. އޭގެ ސަބަބުން ދައުލަތުން ކުރާ ހަރަދު ވެސް ކުޑަވެގެން ދާނެ ކަމަށާއި، އިންތިހާބުތަކަށް އޮންނަ ނުފޫޒު ވެސް ކުޑަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ވާދަވެރިން އެކި ވާހަކަތައް ދައްކާއިރު، ގައުމު މިއަދު މިއޮތް ހާލަތަށް ގެނައީ ކުރީ ސަރުކާރުތަކުން ކުރި އަމަލުތަކުގެ ސަބަބުން ކަމަށެވެ. ރައީސް މިއަދު ކުރައްވަމުން އެގެންދަވާ ކަމަކީ އެކަމުން ސަލާމަތްވުން ކަމަށެވެ."މިއަދުގެ ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތަކެއް އެބަ އަޅުއްވާ މިއޮތް އަނދަވަޅުން ސަލާމަތްވުމަށްޓަކައި. އަދި އެ ހިސާބަށް ގެނައީ ކޮންބައެއްތޯ ސުވާލަކީ، އެއީ ރައީސް މައުމޫންގެ ވެރިކަމެއްގައެއް ނޫން، މައުމޫނަށް ކެރެޑިޓެއް ދޭކަށް ނޫން، 2008 ވަނަ އަހަރު އައި ސަރުކާރާ، 2013 ވަނަ އަހަރު އައި ސަރުކާރާ 2018 އައި ސަރުކާރާ، އެ ސަރުކާރުތަކުން ކުރި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން 126 ބިލިއަނާ ހަމައަށް ދައުލަތް ދަރަނިވެރިކޮށްލީ ކޮންބައެއްތޯ؟" ގާސިމް އެއްސެވި އެވެ.ގާސިމް ވިދާޅުވީ ރިޔާސީ ބަޔާނުން ރައީސްގެ ތަސައްވަރަކާއި ހިޔާލު ހުރި ގޮތް ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
"ރައީސްގެ ރިޔާސީ ބަޔާނުން ފެންނަނީ ހުސް 'ގުޑް އިންޓެންޝަން'"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ