އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމި، އޭގެ ފަސޭހަކަން އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދުމަށް މި މަހުގެ ތެރޭގައި އިޢުލާން ކުރާނެއެވެ.
މީގެއިތުރުން، އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ވަނީ ނިމުމަކާ ކައިރިވެފައެވެ. އަދި އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އައްޑޫގެ ފެނުގެ ނިޒާމަކީ އެ ސިޓީގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން ދިމާވަމުން އައި މައްސަލައެކެވެ. މި މަޝްރޫޢު ނިމުމުން އައްޑޫގެ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ފެނުގެ ޚިދުމަތެއް ލިބިގެންދާނެއެވެ.
އައްޑޫގެ ފެނުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ނިމޭނެ - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ