ދެމައިން މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ.
އަދި އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ދަރިފުޅު ނެގި ފަހުން ވެސް ހާލު ރަނގަޅުނުވެގެން، މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ޝިއުނާ ނިޔާވީ ރޭ ދަންވަރު ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ