މުމްބާއި، އިންޑިއާ (އޭޕްރީލް 7) - ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އިންޑިއާގެ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ، ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.
ބުމްރާ، 31، އަށް ލިބުނު އަނިޔާގެ ސަބަބުން، ޖެނުއަރީ މަހު، އިންޑިއާ އިން އިންގްލެންޑާ ދެކޮޅަށް ކުޅުނު ވައިޓް ބޯލް ޓުއާގެ އިތުރުން، ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކުރި އިންޑިއާ ޓީމާ އެކު، އެ މުބާރާތް ކުޅުމުގެ ފުރުސަތު ގެއްލުނެވެ.
ކުޅުމަށް އެނބުރި އައުމަށްޓަކައި، ބުމްރާ އަންނަނީ، މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވާދަކުރާ މުމްބާއި އިންޑިއަންސްއާ އެކު ޓްރެއިނިންތައް ކުރިއަށްގެންދަމުންނެވެ.
މުމްބާއި އިންޑިއަންސްގެ ކޯޗު، ސްރީ ލަންކާގެ މަހޭލާ ޖަޔަވަރުދަނޭ ބުނީ، ބުމްރާ އަންނަނީ ޓީމާ އެކު ފަރިތަކުރުުންތައް ކުރިއަށްގެންދަމުން ކަމަށެވެ. އަދި، އައިޕީއެލްގައި މިރޭ މުމްބާއި އިންޑިއަންސް އިން ރޯޔަލް ޗެެލެންޖާސް ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގައި ބުމްރާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް މަހޭލާ ވަނީ ބުނެފަ އެވެ.
ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއި އިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ.
އަނިިޔާއިން ރަނގަޅުވެ ބުމްރާ ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އަނިިޔާއިން ރަނގަޅުވެ ބުމްރާ ކުޅެން ނުކުންނަން ތައްޔާރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ