އިތުރު ތިން ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންތައް އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހަށް މިއަދު އިއްވި ސިޓީތަކުގައި ނޮން ރެޒިޑެންޓް ސަފީރުންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުވާފައި ވަނީ ތިން ބޭފުޅެއްގެ ނަމެވެ. އޭގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ދާއިމީ މަންދޫބެއް އައްޔަނު ކުރަން ވެސް ރައީސް ނަމެއް ފޮނުއްވި އެވެ.
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރަކަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝިއުނީން ރަޝީދުގެ ނަމެވެ.
ކުވެއިތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ރައީސް ފޮނުއްވާފައި ވަނީ ސައުދީއަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރުގެ ނަމެވެ. އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް ވެސް ހަމަޖެއްސުމަށް ފޮނުވާފައި ވަނީ ވެސް އޭނާގެ ނަމެވެ.
ސްވިޓްޒަލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ރައީސް ފޮނުއްވާފައި ވަނީ ޔޫއެންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ސަލްމާ ރަޝީދުގެ ނަމެވެ.
ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނު ކުރުމުގެ މައްސަލަ ކޮމެޓީއަށް ތިން ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނު ކުރުމުގެ މައްސަލަ ކޮމެޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ