ހިތަދޫން މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
އައްޑޫ ހިތަދޫ މައިލޯ ދަނޑު ސަރަހައްދުގައި މީހަކު ޖޯއްޔެއްގައި ބަނދެ އަނިޔާކުރި މައްސަލައެއްގައި ކުޑަކުއްޖަކާއި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.އެ މައްސަލާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން ހައްޔަރު ކުރި އެވެ.ފުލުހުން މިއަދު ވަނީ އުމުރުން 18 އަހަރުން މަތީގެ އެ އެންމެންގެ ވަނަވަރު އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ ވިޝަންޑްރީމް، ސަމާހު ތައުފީގު، 20 އާއި ހިތަދޫ ގްރޭސް، މުހައްމަދު ޔައީޝް އާޒާދު، 19 އާއި ހިތަދޫ ނޫތަރި އަޝްރަފު މުހައްމަދު، 22 އަދި އެ ރަށު މެރީގާޑަން އަލީ މާޒިން ހަސަން 20 އެވެ.އެ މައްސަލާގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާގެ މައުލޫމާތު އާންމުނުކުރީ ކުޑަކުއްޖަކަށް ވާތީ އެވެ.ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޖޯއްޔެއްގައި ބަނދެފައި އަނިޔާކުރީ 37 އަހަރުގެ މީހަކަށެވެ. އޭނާއަށް އަނިޔާކުރި މީހުން ހައްޔަރުކުރީ ވެސް ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.އެ ތަން ފެނުނީ، ހޯމަ ދުވަހުގެ ރޭ ދަންވަރު 1:35 ހާއިރު ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލްގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފެނިގެން ފުލުހުން އިތުރަށް ބެލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ