އަނެކާ ދެކެ ލޯބިވާންވާނީވެސް އަދި ރުޅިއަންނަންވާނީވެސް ވަކިވަރަކަށް! މައްސަލައަކަށްވަނީ އިމެއް ނުބޭއްވޭކަން!

ލޯބިވުމާއި ރުޅިއައުމަކީ އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ 2 ސިފައެވެ. މި 2 ސިފަވެސް އެކިމީހުންގެ ކިބައިގައި ހުންނާނީ އެކިވަރަށެވެ! ވީމާ މި 2 ސިފައަށްވެސް ސަމާލުކަންދޭން އެބަޖެހެއެވެ. ޢުމަރުގެފާނު ދެއްވެވި ނަޞޭހަތެއްގައި ވިދާޅުވެފައިވެއެވެ.
"މާބޮޑަށް ލޯބިނުވާށެވެ! އަދި އަނެކާއަށް ގެއްލުންދޭވަރަށް ރުޅިވެސް ނުއަންނާށެވެ."
އިތުރު ތަފްޞީލަށް އެދި ދެންނެވުމުން ވިދާޅުވިއެވެ.
"މީހަކު ދެކެ ލޯބިވާންވާނީ މަންމަ ދެކެ (މަންމައަށް އެދިގެން ހުންނަ) ދަރިއަކު މަންމަދެކެ ލޯބިވާފަދައިންނެވެ. އަދި އަނެކާއަށް ގެއްލުންދީ އޭނާ ހަލާކުކޮށްލާވަރަށް ރުޅިއައިސްގެންނުވާނެއެވެ."
މިބަސްފުޅުން އެނގިގެންދަނީ ލޯބިވުމުގައިވެސް އަދި ރުޅިއައުމުގައިވެސް އިންތަކެއްގައި ހިފަހައްޓަންޖެހޭ ކަމެވެ. މައިން ދެކެ ދަރިންވާ ލޯތްބަކީ ވަރަށް އިޚްލާޞްތެރި ލޯތްބެކެވެ. މައިމީހާއަށް ކިތަންމެ ކުޑަނަމވެސް ދެރަކަމެއް މެދުވެރިވުމަކަށް ނޭދޭނެއެވެ. އަބަދުވެސް ބޭނުންވާނީ މައިމީހާ އުފަލުގައި ބެހެއްޓުމަށެވެ.
 
ދެން އޮތީ ރުޅިއެވެ. މީހަކު ދެކެ ކިތަންމެ ވަރަކަށް ރުޅިއައި ނަމަވެސް އެމީހާއަށް އެއްވެސް ގެއްލުމެއް ދިނުމެއް ނެތެވެ. އަދި އަދި ގެއްލުމެއް ލިބުމަށް އެދުމެއްވެސް ނެތެވެ. ރުޅިއަކީ މީހާގެ ނަފުސްގެ ކޮންޓްރޯލް ގެއްލުވައިލާ ވިހަގަދަ ނުބައި އެއްޗެކެވެ. ރުޅި އަންނަ ހިނދު ޝައިޠޯނާ ލޭގެތެރެއަށް ވަދެ ލޭ ހޫނުކޮށްލުވައި މީސްތަކުން ލައްވައި އެންމެ ނުބައި އަމަލުތައް ކުރުވަން މަސައްކަތްކުރެއެވެ. ރުޅި އައުމުން އަނިޔާކުރުމާއި މަރައިލުން ފަދަ ކަންކަން ހިނގަން މެދުވެރިވަނީ ޝައިޠޯނާ ބާރުގަދަކޮށްލައި ލޭހޫނުކޮށްލުވުމުން ބުއްދިފިލައިދާތީއެވެ.
މަސްތުނުވި ނަމަވެސް ބުއްދިފިލައި ދިއުމަކީ އަތުންފައިން ކިތަންމެ ބޮޑު ގޯހެއްވެސް ހެދިދާނެ ކަމެކެވެ. އަންނަ ރުޅީގައި ވިސްނާނުލައި ވަރިކުރުމާއި ވަރިވުން ފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބަކީވެސް ހަމަ ޝައިޠޯނާގެ ބާރެވެ.
 
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ