ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އޮލިމްޕިކް ސްވިމިން ޕޫލެއް!

ދިވެހިރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އޮލިމްޕިކް ސްވިމިން ޕޫލެއެއްގެ ބިންގާ އަޅަފިއެވެ. 
މި ސްވިމިންގްޕޫލް ގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ މަޝްހޫޜު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް، ސްޕޯރޓްސް މިނިސްޓަރު އަބްދު ﷲ ރާފިއު، ސްވިމިންގް އެސޯސިއޭޝަންގެ ރައީސް މުހަންމަދު އަބްދުލް ސައްތާރު އާއި މި ޕޫލް ގެ ކޮންޓްރެކަޓަރ މަލާ ހައިރައިޒިންގް ކޮންސްޓްރަކްޝަން ގެ މެނޭޖިންގް ޑިރެކްޓަރ އަލީ އިސްމާއިލްއެވެ. މި ސްވިމިން ޕޫލަކީ ޗަމްޕާ އާއިލާގެ އެހީތެރިކަމާއެކު ބިނާކުރެވިގެންދާ ސްވިމިން ޕޫލެކެވެ.
ގިނަ އަދަދެއްގެ ފެތުންތެރިން އަދި ބެލެނިވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއިރު، ފެތުމުގެ މުބާރާތްތަކުން އެކި ވަނަ ހާސިލްކޮށް ގައުމަށް ރީތި ނަން ހޯދައިދީފައިވާ އައިމިނަތު ޝަޖާން ވެސް ބައިވެރިވެފައި ވެއެވެ.
Advertisement
ސްވިމިންގްޕޫލް ގާއިމްކުރަނިީ ހުޅުމާލެ ސްޕޯރޓްސް ކޮމްޕްލެކްސް އާ ޖެހިގެން ހުންނަ ހުސްބިމުގައެވެ. އަދި މި ޕޫލް ގާއިމް ކުރަނީ ބައިނަލްއަގްވާމީ މިންގަންޑުތަކާއި އެއްގޮތަށް ރާއްޖޭގައި ގާއިމްކުރާ އެންމެ ފުރަތަމަ ޕޫލް އަށް ވެގެންދާނެއެވެ.
ޒަމާނީ ވަސީލަތްތަށް ހިމެނޭ މި ސްވިމިންގް ކޮމްޕްލެކްސް ގެ އޭރިއާ ހަދަން ހަމަޖެހިފައިވާ ގޮތަށް ބަލާލާއިރު ޑައިވްޕޫލްއަކާ 1200 މީހުން ކުޅިބަލަން ތިބެވޭ ގޮތަށް ރޭވިފައެވެ. މި ކޮމްޕްލެކްސްގައި ހިމެނެނީ 4 ބުރިއެވެ.
50 މީޓަރ އަދި 25 މީޓަރ ގެ ދެޕޫލް ހިމެނޭ މިޕޫލް ކޮމްޕްލެކްސް ވެގެންދާނީ ފެތުމުގެ ތަމްރީންތަށް ކުރިއަށް ގެންދިއުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ޕްރެކްޓިސް ކުރެވޭ އުފެއްދުންތެރި ހިތްގައިމު ކޮމްޕްލެކްސް އަކަށްކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ