ސުންނީ މުސްލިމު ދައުލަތްތަކުގައި އެބައިމީހުންގެ ގިނަ މީހުންގެ ކެއުމަކީ ދުނިޔޭގެ އެއްމެ މޮޅުކާނާއެވެ. ނިދަނީ އެންމެ އަރާމު ތަންމަތީގައިއެވެ. ދިރިއުޅުމަކީ ދުނިޔޭގައިވާ އެއްމެ ތަނަވަސް އަގުބޮޑު ދިރިއުޅުމެވެ. ސުންނީ ދައުލަތްތަކުގެ އިސްވެރިންގެ އިއްޒަތާއި ޝަރަފާއި ފަހުރުވެރިކަމަކީ އެމީހުންގެ އަގުބޮޑު އަރާމު ދިރިއުޅެމުވެ.
އެހެނަސް ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ދެމިލިއަނަށް ވުރެ ގިނަ މީހުންނަށް ކާނެ އެތިކޮޅެއް ލިބޭނެ ގޮތެއްނެވެ. ބޯހިޔާވަހިކަމެއް ނެތެވެ. އިޒްރޭލްގެ އަނިޔާވެރި ކަމުގެ ޝީކާރައަކަށް ހަދައިގެން މުޅި ފަލަސްތީނުގެ އަހުންނާއި އުހުތުން ކޮންމެ ދުވަހަކުދަނީ މަރާ ހުސްކުރަމުންނެވެ. ފަލަސްތީނުގެ ވަށައިގެންނާއި ދުނިޔޭގެ ކަންކޮޅުގައި އޮތްހާ ސުންނީ މުސްލިމު ދައުލަތްތަކަށް ކަހެރުވަކެކޭވެސް ހިތަށް ނާރައެވެ. ދުލުކުރިން ކުށްވެރި ކުރުމާއި ހާލަކުން ފަހަރަކު ފޮނުވާލާ އިންސާނީ އަސާސީ އެހީގެ މަދުމިންވަރެއް ނޫނީ ފަލަސްތީނުގެ މުސްލިމުންނަށްޓަކާ ކޮށްދޭ ކަމެއްނެތެވެ.
މެދު އިރުމަތީގައި ވަލުސިންގާ އިޒްރޭލް ބާރުވެރި ކުރުވުމަށް އެހީތެރިވުން ނޫން ކަމެއް ސުންނީ މުސްލިމު ދައުލަތްތަކުން ނުކުރެއެވެ. ފަލަސްތީނުގެ އެތައް ކުޑަކުދިންނަކާއި އެތައް އަންހެނުނެއް ދިރިތިއްބައި ވަޅުލައި ނުވިތާކަށް ރޯކޮށް ގެދޮރުސުންނާފަތި ކުރަމުންދާއިރު ވެއްޓުނު އިސްތަށްޓެކޭ ވެސް އެމީހުން ހިތަކަށް ނާރައެވެ.
ނިކަމެތި ހާލަތުގައިވާ ފަލަސްތީނު މުސްލިމު އަޚުންނާއި އުޚުތުންނަށް ހަމްދަރުދީގެ ލޮލަކުން ބަލައިލާން ކެރުނު ހަމައެކަނި ބަޔަކީ ބާތިލު ފިރުގާއެއްގައި ތިބިކަމަށް ސުންނީން ބުނާ ޝިއައީ މުސްލިމް އީރާނެވެ. އަމިއްލަ ގައުމާއި އެ ލޮބުވެތި ވަތަން ގުރުބަާން ކޮށް މުޅި އީރާނުގެ މަގުމަތިން ލޭގެ ކޯރުތައް އުފަންކުރުވަމަުން އެދަނީ ކޮންބައެއްގެ ހައްގުގައި ތޯއެވެ. ފަލަސްތީނުގެ ބިމުން ޔަހޫދީން ފައިބަން ޖެހޭނެ ކަމަށް ހަރުއަޑުން ބުނެ އެމީހުންނާ ދެކޮޅަށް ދިދަ އުފުލާލަން ކެރުނު އެހެންބަޔަކު އުޑު ބަޅުކުރެއްވި ހިސާބުގައި އީރާން ފިޔަވައި ކޮބައިތޯއެވެ.
އީރާނަށް ބަދުބަސް ބުނެވޭވަރުގެ މުސްލިމުންނެއް މިއަދަކު ނެތެވެ. އީރާނުގެ ކިބައިން މުނާފިގުކަމެއް ފާޅެއްނުވެއެވެ. އީރާނުގެ މަގުސަދު ވަރަށް ސާފެވެ. ސާފުބަހުން އީރާނު ލީޑަރުން ހަާމަކޮށްދެމުން ސާބިތު ކޮށްދެމުން އެދަނީ ފަލަސްތީނުން އިޒްރޭލުގެ ވަސް ފުހެލެވެންޖެހޭކަމެވެ. މުސްލިމުންނާ އަދާވާތްތެރިންނަށް ބާރުދީ އެހީތެރިވެދޭ މުސްލިމު ދައުލަތްތަކުގެ މުނާފިގުކަން ބޮޑުކަމާއެވެ. މުސްލިމު އުންމަތްދެކެ ލޯބިވާ ވެރިންތަކެއް އީރާނުގައި ނޫނީ ނެތްކަން ފަލަސްތީނާއި އަލްމަސްޖިދުލް އަގުސާގެ ދިފާއުގައި އީރާނުން އެވާ ގުރުބާނީން ސާބިތުކޮށްދެއެވެ.
ނިފާގުކަމެއްނެތް އިސްލާމީ ގައުމަކީ އީރާންކަން ސާބިތުކޮށްދީފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ