ޤައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޑީންސް އެވޯޑާއި ޓޮޕް އެޗީވާސް އެވޯޑް ހާސިލުކުރި ދަރިވަރުންގެ އަދަދު އިތުރުވެއްޖެ އެވެ.
އެގޮތުން ގައުމީ ޔުނިވާސިޓީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޑީންސް އޮނަލިސްޓް އެވޯޑް އެ ކެމްޕަހުގެ 9 ދަރިވަރަކު ހާސިލުކުރި އެވެ. މިއީ އެ ކެމްޕަހުގެ ތާރީހުގައި މިހާ ގިނަ އަދަދެއްގެ ދަރިވަރުން ޑީންސް އެވޯޑް ހާސިލު ކުރި ފަހަރެވެ.
ޑީންސް އެވޯޑް ހާސިލުކުރީ ސްކޫލް އޮފް ނާސިންގގެ 5 ދަރިވަރަކާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ 4 ދަރިވަރެކެވެ.
ސްކޫލް އޮފް ނަރސިންގގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން
އާއިޝަތު އަބްދުއްރަޙްމާން - ބެޗެލަރ އޮފް ނަރސިންގފާތިމަތު އަޒްމާ އަލީ - ބެޗެލަރ އޮފް ނަރސިންގނައުފާ ހުސައިން - ބެޗެލަރ އޮފް ނަރސިންގއައިޝަތު ޒޫނާ މޫސާ - ބެޗެލަރ އޮފް ނަރސިންގމާހީން މުހައްމަދު - ބެޗެލަރ އޮފް ނަރސިންގ
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންސް އޮނަރލިސްޓް އެވޯޑް ލިބުނު ދަރިވަރުން
ހަދީޖާ މުހައްމަދު - ބެޗެލަރ އޮފް އެޑިއުކޭޝަން ޕްރައިމަރީ (އިސްލާމް/ގުރުއާން)އިހްސާނާ މުހައްމަދު - ބެޗެލަރ އޮފް ޗީޓިންގ ޕްރައިމަރީމަރްޔަމް ހަނާ އިބުރާހިމް - ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީއަހުމަދު އާޒިމް - ބެޗެލަރ އޮފް ޓީޗިންގ ޕްރައިމަރީ
މީގެ އިތުރުން އެ ކެމްޕަހުގައި ނަރުސްކަން ކިޔަވާ 22 ދަރިވަރަކު ޓޮޕް އެޗީވާރސް އެވޯޑްވެސް ހާސިލްކުރި އެވެ. މިއީވެސް އެ ކެމްޕަހުގެ ތާރީހީ ކާމިޔާބީ އެކެވެ. އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހަކީ މާލެ ފިޔަވާ އެންމެ ގިނަ ނަރުހުން އުފައްދާ ކެމްޕަހެވެ.
މި ދަރިވަރުންނަށް ޑީންސް އެވޯޑާއި ޓޮޕް އެޗީވާރސް އެވޯޑް ދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި މޭޔަރު މުހައްމަދު އާތިފެވެ.
މި ރަސްމިއްޔާތުގައި އެ ކެމްޕަހުގައި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުން އިޤްރާރުވި އެވެ. މި ދަރިވަރުންނަށް އިޤްރާރު ލައިދެއްވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކްލިނިކަލް ނާރސިންގ ސޮބީހާ އާދަމެވެ.
މި ރަސްމިއްޔާތުގައި ކެމްޕަހުގެ މެނޭޖަރ އައިމިނަތު މުހައްމަދާއި ލެކްޗަރާއިންނާއި ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ އަދި ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެލެއްވި އެވެ.
ކުޅުދުއްފުށީ ކެމްޕަސް: ޑީންސް އެވޯޑާއި ޓޮޕް އެޗީވާރސް އެވޯޑް ހާސިލު ކުރި ދަރިވަރުންގެ އަދަދު އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ