މާލޭގައި އެކްސިޑެންޓްވުމުން ފިލި ޓެކްސީ ޑްރައިވަރު ހޯދާ ލައިސެންސް ހިފަހައްޓައިފިއެވެ.
ބޮޑުތަކުރުފާނު މަގުގައި އެ އެކްސިޑެންޓް ހިނގާފައިވަނީ އާދީއްތަ ދުވަހުގެރޭ 8:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ސައިކަލަކާއި، ޓެކްސީއެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވި ފަރާތަށްވަނީ އަނިޔާވެފައެވެ. އަދި އެކްސިޑެންޓްވުމުން ޓެކްސީ މަޑުނުކޮށް ގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓެކްސީ ހޯދާ، މިހާރު ޓެކްސީ ދުއްވި 32 އަހަރުގެ ދިވެހި ފިރިހެން މީހާ ގެ ލައިސަންސް ހިފަހައްޓަފައިވާކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ފަރާތަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާކަަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
އެކްސިޑެންޓެއްވުމުން ފިލި ޓެކްސީ ޑްރައިވަރު ހޯދާ ލައިސެންސް ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ