އެމްޑީޕީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީއިން އެކުލަވާލާފައިވާ މެނިފެސްޓޯ ހިއްސާކުރުމާއިއެކު އެމްއެންޕީގެ ނައިބު ރައީސް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިންވަނީ އެ ޕާޓީގެ ދެވަނަ ދައުރެއްގައި ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމަށް ކަނޑައެޅިފައިވާ ބައެއް ސިޔާސަތުތައް ހިއްސާކޮށްފައެވެ. އެގޮތުން “އުފާވެރި ދިރިއުޅުން” ނަމުގައި އެކުލަވާލެވިފައިވާ ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ސްޓޫޑެންޓު ލޯނު ދެއްކުމުގެ ބުރައަށް ލުއިތަކެއް ގެނެސްދިނުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައިވެއެވެ. މި އުސޫލުގެ ދަށުން އެ ލޯނުގެ ގްރޭސް ޕީރިއަޑު އިތުރުކޮށްދިނުމާއި އެއްކޮށް މާފުކޮށްދިނުންވެސް ހިމެނޭކަމަށް އެމްޑީޕީއިންވަނީ ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މައުލޫމާތު ދީފައެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމާއި އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމާއި އެއްގޮތްވާކަމަށް އަބްދުﷲ ރިޔާޒް ފާހަގަކުރެއްވިއެވެ. އެގޮތުން އެ ޕާޓީގެ ވެރިކަމެއްގައި ސްޓޫޑެންޓު ލޯނު މާފުކޮށްދިނުމަށް ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެފައިވެއެވެ. އޭނާ އެ ވައުދުވެވަޑައިގަތީ މި އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު އެމްއެންޕީގެ މެނިފެސްޓޯ އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެމްޑީޕީއަށް ފާޑުވިދާޅުވެ ރިޔާޒް ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ އަލަށް އިފްތިތާހު ކުރެވިގެންދިޔަ މެނިފެސްޓޯއަކީ އެމްއެންޕީގެ މެނިފެސްޓޯ ”ކޮޕީ ޕޭސްޓު“ ކޮށްގެން އެކުލަވާލެވިފައިވާ ލިޔެކިއުމެއްކަމަށް އިންތިހާށް ހީވެގެންދާކަމަށެވެ.
MNP ގެ މެނިފެސްޓޯ ކޮޕީ ޕޭސްޓް ކޮށްގެން އުޅޭހެން ވަރަށްބޮޑަށް ހީވޭ. ???? https://t.co/3qta1amhY5
— Abdulla Riyaz MP (@riyazabdulla) August 7, 2023
އެމްއެމްއެންޕީ އާއި އެމްޑީޕީގެ މެނިފެސްޓޯގައި އެއް ގޮތް ކަންކަން ހުރިކަމަށް އެ ޕާޓީގެ ނައިބުރައީސް ރިޔާޒް ފާހަގަކުރެއްވިއިރު، އެމްޑީޕީއިން ރޭގެ ވަގުތެއްގައި އިފްތިތާހުކޮށްފައިވާ މެނިފެސްޓޯއަކީ ޖުމުލަ މެނިފެސްޓޯއިން ބައެއްކަން ފާހަގަކުރެވެއެވެ. އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވަނީ ފަސް ބަޔަކަށެވެ.
ހާދަ ހީވޭ އެމްޑީޕީއިން އެމްއެންޕީގެ މެނިފެސްޓޯ ކޮޕީކުރިހެން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ