ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ގާނޫނާ ހިލާފު ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ގާނޫނާ ހިލާފު ކަމެއް ކުރައްވަން ނަހުލާއަށް އެންގި ނަމަވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން އއޮތް ކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ، އޭނާ މަގާމުގައި ހުންނަވަން ބޭނުންވެ ވަޑައިގަންނަވާހާ ދުވަހަކު ހުންނެވިޔަސް އަދި އަމިއްލައަށް މަގާމުން ވަކިވެވަޑައިގަތަސް ހެޔޮ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ އިން ނަހުލާއާ ހަވާލުކޮށްފައި ވަނީ މާ ބޮޑު ޒިންމާއެއް ނޫން ކަމަށާއި އެެއީ މާ ބޮޑު ކަމެއް ކުރެވޭނެ ވަރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ. އަދި އެ ވާހަކަ ނުދައްކަވަނީ އެކަން އެނގިވަޑައިނުގަންނަވާތީ ނޫން ކަމަށާއި އެ ވާހަކަ ނުދައްކަވަނީ ސަރުކާރުގެ 5 އަހަރުގެ ދައުރުގައި އަމާން ކަމާއި ހަމަޖެހުން އޮންނަން ބޭނުއްވެ ވަޑައިގަންނަވާތީ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މައްސަލަ ޖެހުނީ ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ގޮތް ނޭނގޭ ސިޓީއެއް ފޮނުއްވުމުންނާއި ރާއްޖޭގެ ހަތަރު ފަސް ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ބޭތިއްބުމުގެ އިތުރުން ގާނޫނު އަސާސީއާ ހިލާފުވެވަޑައިގަތުމުން ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ގާނުނާ ހިލާފުވެ ވަޑައިގެންފައި ވާތީ ރައްޔިތުންގެ މަޖިލީހުން ރައީސް ސޯލިހް އަޒުލުކޮށް، ރައީސްގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އެހެން ވިދާޅުވި އިރު މީގެ ކުރިން މުޅިންވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިހާރު ތިބި ކަމަށް ވިދާޅުވާ އިރު ތިބި ތަނެއް އަދި ތިބި ވަރެއް ވިދާޅުވާކަށް ކެރިވަޑައެއް ނުގަންނަވައެވެ.
ޗާގޯސް މައްސަލައިގައި މޮރިޝަސް އަށް ފޮނުވި ސިޓީ ފެނިވަޑައި ނުގަންނަވާތީ މީގެ ކުރިންވެސް ގާސިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ގާނޫނާ ހިލާފު ކަމެއް ނަހުލާ ނުކުރާނެ، މަގާމުން ވަކި ކުރިޔަސް މައްސަލައެއް ނެތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ