ގާސިމް އިބްރާހިމް އަކީ ދައުލަތުގެ މުހިންމު އެތަކެއް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށާއި، އެއްވެސް މަގާމެއްގައި ހުންނެވިއިރު ދައުލަތުގެ ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިގެންފައި ނުވާކަމަށް އެމަނިކުފާނުގެ އެޑްވައިޒަރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ، އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރު އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އޮމަދޫއަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނިހާންގެ ވާހަކަ ފަށައިގަންނަވަމުން ވަނީ ގާސިމް އިބްރާހިމް އާ ބެހޭ ގޮތުން އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނަށް އިތުރަށް ކިޔައިދޭން ޖެހޭނެ އިތުރު ވާހަކައެއް ނޯންނާނެ ކަން ފާހަގަކޮށްފައެވެ. އަދި މުޅި ރާއްޖެއަށް ބެލިކަމުގައިވިޔަސް އެމަނިކުފާނާ ގުޅޭގޮތުން މީހަކު ކިޔައިދޭން ޖެހޭ އިތުރު އެއްޗެއް ނޯންނާނެ ކަަމަށް ވިދާޅުވެފައެވެ.
ވޭތުވެދިޔަ 40 ވަރަކަށް އަހަރު އެމަނިކުފާނު މިވަނީ، އެމަނިކުފާނުގެ އަމިއްލަ ބުރަ މަސައްކަތުން އެއްކުރެއްވި ފައިސާއިން މި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ހަވާސާވެފައި ތިބި އެތަކެއް ބަޔަކަށް، އެހީއެއް ބޭނުންވި އެތަކެއް ބަޔަކަށް އެ ޚިދުމަތް ކޮށްދެއްވާފަ – ނިހާން ވިދާޅުވިއެވެ.
އަދި އެމަނިކުފާނު އެހުރިހާކަމެއްވެސް ރައްޔިތުންނަށް ކޮށްދެއްވާފައިވަނީ ދައުލަތުގެ ފަރާތުން އެމަނިކުފާނަށް އެފަދަ މަގާމެއް ހަމަޖައްސައިނުދެނީސް ކަމަށްވެސް ނިހާން ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ މުހިންމު މަގާމުތަކެއް ގާސިމް އިބްރާހިމް ފުރުއްވާފައިވާކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުން ފެށިގެން ގޮސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، ޚާއްސަ މަޖިލީހުގެ ރައީސް ކަމުގެ އިތުރުން ވެސް އެތަކެއް މަގާމުތަކެއް ފުރުއްވާފައިވާ ކަމަށެވެ.
ދިވެހި ދައުލަތުގެ ފިނޭންސް މިނިސްޓަރު ކަމާއި، އެމްއެމްއޭގެ ގަވަރުނަރު ކަމާއި، ވޯލްޑް ބޭންކަށް ކަނޑައަޅާފައިވާ ގަވަރުނަރުކަންވެސް އެމަނިކުފާނު ވަނީ ކުރައްވާފަ. މިއިން އެއްވެސް ހާލަތެއްގަ ދައުލަތުގެ ފައިސާ ފޮއްޗެއްގެ ލޯލާރިއެއްގައިވެސް އެމަނިކުފާނު ޖެހުނުކަމުގެ ތުހުމަތެއް އެއްވެސް މީހަކު ކޮށްފައެއް ނެތް – ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް އެމަނިކުފާނު މަސައްކަތް ކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ދައުލަތުގެ އެއްވެސް ލާރިއެއްގައި ގާސިމް ޖެހިފައި ނުވާނެ – ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ