"ޔޫއޭއީއާއި ތައިލެންޑާއެކު، އާސަންދަ ލިބޭ މީހުންގެ އަދަދު މަދެއް ނުވާނެ"

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭގޮތަށް ހަމަޖެއްސިޔަސް، އެ ހިދުމަތް ލިބޭ މީހުންގެ އަދަދު މަދު ނުވާނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާސަންދައަށް މިއަހަރު ބަޖެޓުކޮށްފައިވާ އަދަދުގެ ތެރެއިން އެކަން މެނޭޖްކުރެވޭނެ ގޮތަކަށް ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ބޭރުގެ ތަޖުރިބާކާރުންނާއި ރާއްޖޭގެ ކަމާބެހޭ އެންމެހާ މުއައްސަސާތައް ގުޅިގެން، އާސަންދަ ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނައުމަށް ވަށާޖެހޭ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ފަށައި، ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ