ސޯލިހް ބްރިޖުގެ ކްރެޑިޓް މުއިއްޒަށް ދޭން މަސައްކަތް ކުރުމުން ޝިއުނާއަށް ލިބުނީ މަލާމާތާއި ފާޑު ކިޔުން!

ސޯލިހް ބްރިޖުގެ ކްރެޑިޓް މުއިއްޒަށް ދޭން މަސައްކަތް ކުރުމުން ޝިއުނާއަށް މަލާމާތާއި ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. އިންޑިޔާގެ ބޮޑުވަޒީރަށް އަދަބު އިޚްތިރާމް ކުޑަކޮށް އެއްޗެހި ކިޔައި، ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ބުރޫ އަރުވައި، ރާއްޖޭގެ ޓުއަރިޒަމަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތި ކޮށްގެން ސަސްޕެންޑް ކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރ ޝިއުނާ ވަނީ ކުރީގެ ރައީސް ސޯލިހް އަށް އިހްތިރާމް ކުޑަކޮށް، ޕީޕީއެމް ސިޔާސީ މަގާމެއްގައި އުޅޭ ކުއްޖަކާއި އިންޓަވިއު ކޮށް، ފެންނަމުންދާ ބްރިޖުގެ މަސައްކަތަކީ މުއިއްޒުގެ ހަލުވި ސްޕީޑުން ހިނގާ ކަމެއް ކަމަށް ދައްކަން މަސައްކަތް ކޮށް އޮޅުވާލާފައެވެ.
ތިރީގައި މިވަނީ ދިޔަވަރު ނޫހުން މީގެ ކުރިން މި ބްރިޖުގެ މަސައްކަތް ހިނގާ ގޮތާއި، ރައީސް ސޯލިހްގެ ނަން މި ބްރިޖާއި އެކު ތާރީޚުގައި ފެވިގެން ދާނެ ގޮތުގެ ރިޕޯޓެއް ގެނެސްދީފައެވެ. އަދި މުއިއްޒާއި އޭނާގެ ބައިވެރިން މި ބްރިޖާއި ގުޅޭ ގޮތުން ހަދާފައިވާ ދޮގުތަކުގެ ވާހަކަ ވަނީ ރައްޔިތުންނަށް ހާމަކޮށް އަރުވާފައެވެ.
See Alsoރިޕޯޓުސިޔާސީތިލަމާލެ ބްރިޖް، ރައީސް ސޯލިހްގެ ނަން، ފަހުރުވެރި ކަމާއި އެކު ދިވެހި ތާރީޙްގައި ރަން އަކުރުން ފެވިގެންދާނެ މަޝްރޫއެއް!އަޒީޒް އާމިރު·5 އެޕްރީލް 2024
މި ވީޑިޔޯއަށް ކޮމެންޓް ކުރަމުން ޝިއުނާ އަށް ރައްދުކޮށް، “ވަޖިދުވެފަ ތިބި ދެ ބޭފުޅުންނާ ބޮޑަށް ވައްތަރީ. ދަރި ބޮޑުވީމަވެސް މުއިއްޒު ދުވެލިއޭ ހިކުމަތޭ ކިޔާފަ ޓުވީޓު ކޮށްލަންވާނެ” ބުނެފައިވެއެވެ.
އެހެން މީހަކު އެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވަނީ “ތިހެން އުޅުނީމަ ރައީސް މުއިއްޒުވެސް ލަދުގަންނާނެ ! މި މީހުންނަށް ނަސޭހަތްދީގެން، ނޫނީ ރައްޔިތުންގެ ފައިސާއިން އިތުރު އެލަވަންސެއްދީގެން ނަމަވެސް މި ފާޑަށް އުޅުން ހުއްޓުވަންވެއްޖެނު ؟ މިހާރު ރާއްޖޭގެ މިނިސްޓަރުންނާއި، ސްޓޭޓުންނާއި، ޑެޕިއުޓީން މި ވަނީ ޖޯކަކަށްވެފައި ؟”
މި މޭރުމުން ޝިއުނާ އަށް ކޮމެންޓް ކުރަމުން އެހެން ފަރާތަކުން ލިޔެފައި ވަނީ “ކުރީގެ ރައީސް އަކަށް ބޭއިޚްތިރާމް ނުކުރިއަސް މުއިއްޒަށް ތިވަރަށް ސަނާ ކިއިދާނެ ކަމަށާއި، މި މީހުން މީހުންނާއި މުއާމަލާތް ކުރާނެ ގޮތް މުއިއްޒު ކިޔާ ދެއްވަން އެބަ ޖެހޭ ކަމަށާއި، މި މީހުންނަކީ މުއިއްޒުގެ ސަރުކާރަށް އޮތް ބުރައެއް” ކަމަށް ސިފަކޮށް އިނގިރޭސިން ލިޔެފައި ވެއެވެ.
2018 އިން 2023 އަށް ހިނގައިދިޔަ ވެރިކަމުން ކުރަން ނޭގޭތީއާއި އަޅަންވެސް ނޭގޭތީ ފިނިހަކަ ސްޕީޑް ގައި ކުރިޔަށް ދިޔަ ބްރިޖް ޑރ.މުޢިޒުގެ ސަރުކާރުން ހަމަ ހަވާލުވުމާއި އެކުގަ ނަތީޖާ ފެންނަން ފަށައިފި. ތެދުވެރިކަމާ އެކުގައި ހިކުމަތު އަމަލީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ .މުޢިޒުގެ… pic.twitter.com/4ogQoSNbll— Iru (@iru__5002) April 27, 2024
ސަރުކާރަށާއި މުއިއްޒަށް މަލާމާތް ރައްދުވާން މެދުވެރިވި ޝިއުނާގެ ވީޑިޔޯ
މިއީ މީގެ ކުރިން ނެރުނު ވީޑިޔޯ އެއް ނަމަ ރައްޔިތުން ޝިއުނާގެ ދޮގު ވާހަކަތައް ފަހަރެއްގައި ނޭނގި ޤަބޫލު ކޮށްފާނެއެވެ. ނަމަވެސް މުއިއްޒުގެ ދޮގުތަކާއި، މުއިއްޒުގެ ފަރާތުން ޓްވީޓް ކުރާ މިފަދަ މީހުންގެ ދޮގުތައް ފަލީހަތްވެ، ރައްޔިތުންނަށް ހަޤީގަތް ސާފުވަމުން ދާ މިންވަރު އެތައް ސަތޭކަ ބަޔަކު ޝިއުނާ އަށް ރައްދުދީ ކޮށްފައިވާ ޓްވީޓް ތަކުން ސާފުވެއެވެ.
ބްރިޖްގެ މަސައްކަތް އަވަސް ވުމުގައި މުއިއްޒުގެ އެއްވެސް ދައުރެއް ނުވެއެވެ. އެކަން ދިޔަވަރުން ކުރިން ގެނެސްދީފައިވާ ލިޔުމުގައި ތަފްސީލްކޮށް ހާމަކޮށްފައި ވާނެއެވެ.
ސޯލިހުގެ ބްރިޖުގެ ކްރެޑިޓް މުއިއްޒަކަށް މި ވީޑިޔޯއިން ނުނެގުނަސް، މުއިއްޒު އަމިއްލަފުޅަށް މި ބްރިޖުގެ ކްރެޑިޓް ނެގޭތޯ އަދި މަސައްކަތް ކުރައްވާނެ ތަން ކިޔުންތެރިންނަށް ފެނިވަޑައި ގަންނަވާނެއެވެ. މުއިއްޒު ވަނީ މީގެ ކުރިންވެސް ރައީސް ސޯލިހް ނިންމަވާފައިވާ ކަންކަން އެއީ އޭނާގެ ކޮށްފައިވާ ކަންކަން ކަމަށް ދެއްކުމަށް ދޮގު ހަދައިގެން ވާހަކަފުޅު ދައްކާފައެވެ. މުއިއްޒަކީ ޕޯޑިއަމް ތަކަށް އަރައި، އެތައް ސަތޭކަ ރައްޔިތުން ކުރިމަތީ މޫނަށް ރުލެއްވެސް އަރުވާ ނުލާ ދޮގޮ ހައްދަވަމުން ގެންދަވާ ރައީސް އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ