މައިލޯ އެކަޑަމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ އެކަޑަމީން ހޯދައިފި

މައިލޯ އެކަޑަމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްއާ) ގެ އެކަޑަމީން ހޯދައިފިއެވެ.
ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން 10 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބޭއްވި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ސަސްއާ ދެކޮޅަށް ނުކުތީ ފްރެންޑްސް ފުޓްބޯލް ފެމެލީ އެކެޑަމީންނެވެ. މި މެޗު ސަސްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
ސަސްއިން ވެސް އަދި އެ ކްލަބްގެ އެކަޑަމީގެ ދަށުން ހިންގާ އަލީ އަޝްފާގު އެކަޑަމީން ވެސް، ކޮންމެ އެކަޑަމީއަކުން 2 ޓީމު މުބާރާތުގައި ވާދަކުރި އެވެ. އެ ހަތަރު ޓީމު ލީޑް ކުރުމުގައި ވެސް އިސްކޮށް ހުރީ ސަސްގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) އެވެ.
މި މުބާރާތުގެ ތިންވަނަ ހޯދީ ކުލަބު ވެލެންސިއާ އެކެޑަމީންނެވެ. އެ ޓީމުން ވަނީ ތިންވަނަ ހޮވަން ކުޅުނު މެޗުގައި 2-0 ގެ ނަތީޖާއަކުން ބީޖީ އެކެޑަމީ ބަލިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ