ހިމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެރަށު ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ 24 ވަނަ ދުވަހު ނިންމާ ވަނީ ކޮމިޝަން ކޮށްފައެވެ. އަދި ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އާއި އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށްވެސް ބުނެފައި ވެއެވެ.
މި މަޝްރޫއުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކޮށް އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައި ވެއެވެ. ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބަހައްޓާފައިވާއިރު، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާފައި ވެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓާފައިވާއިރު، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށްފައިވާއިރު، 956 މީޓަރގެ ޕަންޕިން ލައިން އަޅާ، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ތިން ޕަންޕިންގ ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކޮށްފައި ވެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާފައިވާއިރު ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ