ކެމްޕޭން ނިންމަވަމުން ނަޝީދު: ހިތްވަރު ބައްޔެއްނުވާނެ، ރައީސް މުއިއްޒު ބަލިކުރާނަން، ވައްޓައިލާނަން
ހިތްވަރު ބައްޔެއް ނުވާނެ ކަމަށާއި، މާދަމާގެ އިންތިޚާބު ކާމިޔާބުކުރައްވައި، މި ސަރުކާރު އެމްޑީޕީން ބަލިކޮށް ވައްޓައިލާނެ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ. މާދަމާ އޮންނަ އިންތިޚާބުގެ ކުރިން ނަޝީދު ވަނީ ކެމްޕެއިން ނިންމަވައިލެއްވުމަށް ޓަކައި ހިނގައިލުމެއް ބާއްވައިފައެވެ. އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ މެންބަރުން އެ ހިނގައިލުމުގައި ބައިވެރިވިއެވެ. ހިނގައިލުމަށްފަހު އާޓިފިޝަލް ބީޗުގައި ވަރަށް ކުރުކޮށް ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ބައްޔެއް ނުވާނެ ކަމަށެވެ. އަލުން އަނބުރާ އެމްޑީޕީގެ ލަޝްކަރު މިހާރު އޮތީ ރުކުރުވައިލައިފައި ކަމަށް، ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ،" ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ. "އަޅުގަނޑުމެން އޭނާ ބަލިކުރާނަން، އަޅުގަނޑުމެން އޭނާ ވައްޓައިލާނަން، އަޅުގަނޑުމެން ދާނީ ކުރިއަށް، ބާރަށް ކުރިއަށް،" ނަޝީދު ވިދާޅުވިއެވެ. ތަފުސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ