4.2 މިލިއަން ރުފިޔާއަށް ހަނިމާދޫ ސްކޫލް ހޯލް އަޅަން ހަވާލުކޮށްފި

ހަތަރެއް ޕޮއިންޓް ދެއެއް މިލިއަން ރުފިޔާ އަށް ހދ. ހަނިމާދޫ ސްކޫލްގައި މަލްޓި ޕާޕަސް ހޯލްއެއް އަޅަން ހަވާލުކޮށްފި އެވެ.
އައިލޭންޑް ލައިން ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއީ ވަސީލަތްތައް ހަމަ ސްކޫލްތައް އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްތެއް ކަމަށެވެ.
އަދި ވިދާޅުވީ ބިން ހަވާލުކުރާތާ ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އައިލޭންޑް ލައިފާއި ބިން ހަވާލުކުރާނެ ކަމަށެވެ.
ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ހަނިމާދޫ ސްކޫލަށް 24 ކްލާސްރޫމްގެ މުޅިން އާ އިމާރާތެއް މިދިޔަ އަހަރު ތެރޭގައި ވަނީ އަޅާ ނިންމާ ބޭނުންކުރަން ފަށާފަ އެވެ.
އެ ސްކޫލަކީ އެލްކޭޖީން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ