ޤައުމުގެ ހަމަޖެހުމަށްޓަކައި އިންތިޚާބީ ރައީސް އަށް އެއްބާރުލުން ދޭން ޖެހޭ: މައުމޫން

ޤައުމުގެ ހަމަޖެހުމަށްޓަކައި އިންތިޚާބީ ރައީސް އަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ‏ޑިމޮކްރަސީއެއްގައި  ވެރިކަން  ބަދަލުވަނީ އިންތިޚާބުން ކަމަށެވެ. އަދި ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކާ، އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
Advertisement
ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ފަށައިފައިވަނީ ދާދި ފަހަކުން އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީ އިންނެވެ.
ރާއްޖޭގެ ސިޔާސީ ގިނަ ބަޔަކު އަންނަނީ އެކަމާއި މެދު ޚިޔާލު ފާޅު ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ހިމެނެއެވެ. ޤާސިމްވެސް ވަނީ ނިޒާމީ ވޯޓެއް ނެގުމަށް އިންކާރު ކުރައްވައިފައެވެ. އަދި ބަރުލަމާނީ ނިޒާމުން ފައިދާވާނީ ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކަށާއި މަޖިލީހުގައި ތިއްބަވާ މެމްބަރުންނަށް އެކަނި ކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވީ ނިޒާމާއި މެދު ގޮތް ނިންމަވާނީ ރައްޔިތުން ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ