އެ މަނިކުފާނު ސަރުކާރާ ހަވާލުވި އިރު، އަޅާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ބިންގާ އެކަނި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އަމިއްލަ ފައިމަތީގައި ހިފެހެއްޓުމަކީ ދިވެހިންގެ އަމިއްލަވަންތަކަން ޖީލުތަކަކަށް ވާރުތަކުރުމުގެ އަސާސް ކަމަށެވެ. އަދި އަމިއްލަ ފުދުންތެރިކަން ނެތި، އަމިއްލަވަންތަކަމެއް ނުދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ވީއައިއޭގެ އާ ޓާމިނަލަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތަކެއް ގެނެސް، މަޝްރޫއު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ ސަރުކާރުން ހޯދި ކަމަށެވެ.
އެ ގެނެވުނު ބަދަލުތަކާއެކު، ނިމެމުން އެދާ ހިތްގައިމު ޓާމިނަލްގެ ހަގީގީ ސިފަ، ހުޅުލޭގެ މަލައިން އެ ހުރީ ފެންނަން. ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ، މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް،” ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ހަނިމާދޫގައި އަލަށް ހަދާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތާއި އައްޑޫގެ އިގުތިސާދީ ތަރައްގީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަޝްރޫޢު ކުރިއަށްދާކަން ފާހަގަކުރައްވައިފަ އެވެ.
އަދި އައްޑޫގެ މުސްތަގުބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށް، އިގުތިސާދީ އިތުރު ފުރުސަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރާ ހަވާލުވި އިރު އަޅާފައިވަނީ ވީއައިއޭގެ ބިންގާ، ޑިޒައިން ފުރިހަމަކޮށް ފައިސާ ހޯދީ މި ދައުރުގައި: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ