ސަރުކާރު ކުންފުނިތަކުގެ ވަޒީފާގައި އުޅޭ މީހުން މަސައްކަތް ކުރާ ރަށް ބަދަލުކޮށް، ވޯޓު ލުމުގެ ހައްގު ގެއްލުވާލަން ރަައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރައްވައި، އެކަން ހުއްޓާލަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ގޮވާލައްވައިފި އެވެ.
ފައްޔާޒް އެކްސްގައި ވިދާޅުވީ، މުވައްޒަފުން ވަޒީފާ އަދާކުރާ ރަށް ބަދަލުކުރަނީ، ކުރިއަށް އޮތް ކައުންސިލު އިންތިހާބުގައި ސަރުކާރަށް ވޯޓުތައް ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.
"ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުން ކޮށް އެ މީހުންގެ ވޯޓު ކަށަވަރުކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެ މީހުން ރީރަޖިސްޓަރީ ކުރުވަން ރ. މުއިއްޒު އެވަނީ ފައްޓަވާފައި،" އޭނާ ވިދާޅުވި އެވެ.
ފައްޔާޒު މިކަން ސިފަކުރެއްވީ ކައުންސިލު އިންތިހާބު ގެއްލިދާނެ ކަމުގެ ސިހުން މުއިއްޒުއަށް އޮތް މިންވަރުން ކުރަމުންދާ ކަމެއްގެ ގޮތުގަ އެވެ.
ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ، އަދި މީގެ ނޯޓިސްތައް ލިބުނު ބައެއް މުވައްޒަފުން ވަނީ، ވަޒީފާ އަދާކުރާ ރަށް ބަދަލުކުރަން މަޖުބޫރުކުރަމުން އަންނަ ކަން ކަށަވަރުކޮށްދީފަ އެވެ. ސޯޝަލް މީޑިއާގައި މި ގޮތަށް އެކި މީސްމީހުންނަށް ފޮނުވާފައި ހުރި ސިޓީތައް އަންނަނީ ދައުރުވަމުންނެވެ.
ކުރިން މަޖިލިސް އިންތިހާބު އޮތް ދުވަސްވަރު ވެސް، މި ގޮތަށް ވަޒީފާ އަދާކުރާ ތަން ބަދަލުކުރާ މައްސަލަތަކެއް ފެންމަތިވި އެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އޭރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ވެސް މިފަދަ ތުހުމަތުތަކެއް ކުރެވުނެވެ. ޕީޕީއެމްގެ ވެރިކަމުގެ ފަހުކޮޅު ވެސް ސިޔާސީ ކަންކަމާ ގުޅުވާ މީހުންގެ ވަޒީފާތައް ބަދަލުކޮށް، ވަޒީފާތަކުން ކަނޑާ، މަސައްކަތް ކުރާ ތަން ބަދަލުކުރި މައްސަލަތައް ފެންމަތިވި އެވެ.
ވޯޓު ލުމުގެ ހައްގު ގެއްލޭ ގޮތަށް ވަޒީފާ އަދާކުރާ ރަށް ބަދަލުކުރާ ކުރުން ހުއްޓާލަން ފައްޔާޒު ގޮވާލައިފި ވޯޓު ލުމުގެ ހައްގު ގެއްލޭ ގޮތަށް ވަޒީފާ އަދާކުރާ ރަށް ބަދަލުކުރާ ކުރުން ހުއްޓާލަން ފައްޔާޒު ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ