ޝެއިޚް ފަރީދުގެ ހަނދާނުގައި އަޅާ މިސްކިތަށް އެހީވާން ހުޅުވާލައިފި ވޯލްޑް ކަޕް 2026: އެމެރިކާ މުބާރާތުން އެކަހެރިކުރަން ގޮވާލައި އިނގިރޭސި ޕާލަމެންޓު މެމްބަރުންގެ ޕެޓިޝަނެއް ރޯދައަކީ އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަން ދަސްކޮށްދޭ މަތިވެރި އަޅުކަމެއް: ޚުތުބ

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން، ހުޅުމާލޭގައި ދުވާލަކު 5،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ހުރި އާ އާރު.އޯ ޕްލާންޓެއް ބަހައްޓައި، އޭގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހާމަކުރި ގޮތުގައި، މިއީ ހަލުވިކަމާއެކު އިތުރުވަމުންދާ އާބާދީއާއި، އަލަށް ތަރައްގީވަމުންދާ ހައުސިންގ މަޝްރޫއުތަކަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެންގުޅޭ ރޭވުމުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އަދި މިއީ މާލެ ސަރަހައްދުގެ ފެނުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެން އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މިއާއިއެކު ކުރިއަށް އޮތް ރަމަޟާން މަހު ފެނުގެ ޑިމާންޑް އިތުރުވެގެންދިޔަކަމުގައި ވިޔަސް، މި ޕްލާންޓާއެކު މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މެދުނުކެނޑި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އެމް.ޑަބްލިޔު.އެސް.ސީން ބުނެ އެވެ.
ރާއްޖޭގެ ފެނުގެ ނިޒާމު މައިގަނޑު ގޮތެއްގައި އާރު.އޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުގެ ލޮނުފެން މީރުފެނަށް ބަދަލުކުރުމުގެ މައްޗަށް ބިނާވެފައިވާއިރު، ފެނަށް ދިމާވާ ކުއްލި މައްސަލަތަކުގައިވެސް ހިދުމަތަށް ބުރޫނާރާނެކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އާ ވަސީލަތްތައް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.
އެމްޑަބްލިޔުއެސްސީގެ ފެން ރައްކާކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި މާލޭގައި 13،000 ޓަނުގެ 2 ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ފަށާފައިވާއިރު، މިއީ 26000 ޓަނުގެ ފެން ރައްކާކުރުމުގެ ޤާބިލުކަން ލިބޭނެ ޕްލާންޓްތަކެކެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ ރައްޔިތުންނަށް ރައްކާތެރި އަދި އިތުބާރު ހުރި ފެނުގެ ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ދުރާލާ ރާވައިގެން އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ