ބޫޓާން ބަލިކޮށް ނޭޕާލަށް ރަނގަޅު ފެށުމެއް

ރާއްޖޭގައި މިއަދު ފެށި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ފެށުން ނޭޕާލުން ރަނގަޅުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ ބޫޓާނާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ އެޓޭކުތަކެއް ފެނިގެންދިޔައެވެ. ބޫޓާން ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ނޭޕާލުން ލީޑު ނެގިއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ތެރެއިން ކުޑަ އޭރިއާ ތެރެއިން ލިބުނު ނުސީދާ ޖެހުމަކުން އެޓީމުގެ ފޯވާޑް ސުޖަން ޑަންގޮލް ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަކީ ބޫޓާން ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމުން ކީޕަރު އަތައްނެގުމާއެކު ލިބުނު ނުސީދާ ޖެހުމެކެވެ. ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގެ 11 ވަނަ މިނެޓުގައި ބޫޓާނުގެ ކުޅުންތެރިއަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އެއަށްފަހު އެ ޓީމަށޢޤ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ނޭޕާލްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސުބާޝް ބަމްއެވެ. މިއީ ޕެނަލްޓީއޭރިއާގެ ކަނާދިމާލުން ބޭރުން ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ނޭޕާލާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް މެޗުގައި ބޫޓާންގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ބޫޓާންއިން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގެ ބޭނުންހިފާ ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ