ރައްޓެއްސަކަށް ޓްރީޓެއް ފޮނުވާލަން އުރީދޫގެ "ޓެކްސްޓް އަ ކޮފީ" ރައްޓެއްސަކަށް ޓްރީޓެއް ފޮނުވާލަން އުރީދޫގެ "ޓެކްސްޓް އަ ކޮފީ"

ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލެވޭ "ޓެކްސްޓް އަ ކޮފީ" ހިދުމަތް އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ އުރީދޫ ސުޕާ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ޓެކްސްޓް އަ ކޮފީގެ ހިދުމަތުން އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ ކަމަށެވެ.
"ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ހިދުމަތް އެހީތެރިއަކަށް ވާނެ،" އުރީދޫއިން ބުންޏެވެ.
މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ ޓެކްސްޓް އަ ކޮފީ އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫއިން ބުނީ ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ ކަމަށާއި އެއަށް ފަހު ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ ކަމަށެވެ.
މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހުންނަކަން ފާހަގަކޮށް އުރީދޫއިން ބުނީ އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ ކަމަށެވެ.
އުރީދޫއިން ބުނީ ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ