ސީވީއެފްގެ އެސްޖީގެ ދައުރު ފުރިހަމަކޮށް ނަޝީދު ރާއްޖެއަށް
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ސިޔާސީ މަސައްކަތްތަކަށް ރާއްޖެ ވަޑައިގެންފިއެވެ.ނަޝީދު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތުމުގެ ކުރިން ވަނީ ސޯޝަލްމީޑިއާ އެކްސްގައި ނުސީދާ މެސެޖެއް ދެއްވައިފަ އެވެ. ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި ގޮވައިލެއްވީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވެލެއްވުމަށެވެ.ގާނާގައި ދިރިއުޅުއްވި ދުވަސްވަރުވެސް ނަޝީދު ވަނީ ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން، އެ މަނިކުފާނު އޭރު އުޅުއްވި "ދަ ޑިމޮކްރެޓްސް"ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ މަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސިޔާސީ މަސައްކަތަށް ނަޝީދު އެނބުރި ވަޑައިގެންނެވިއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މަނިކުފާނަށް ޖާގަ ލިބޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ