އައްޑޫން މިއަދު ވެސް ކަރަންޓް ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ފެނަކަ އިން ބުނީ ކަރަންޓު ކެނޑުނީ މަރުކަޒީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕަވާހައުސް ޑައުންވެގެން ކަމަށެވެ. ކަރަންޓް ކެނޑުނީ 11:00 އެހާކަށްހާ އިރު އެވެ. ނަމަވެސް އެކި ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓް ދޭން ފަށައިފަ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ.
މިކަމަށް ފެނަކަ އިން މިހާތަނަށް އެކަށީގެންވާ ހައްލެއް ހޯދައި ދެވިފައި ނުވާ އިރު، ކުރިއަށް އޮތް ރޯދަ މަހު ކަރަންޓްގެ މައްސަލަ ދިމާނުވާނެ ގޮތަށް ހިދުމަތް ހަމަޖެއްސުމުގެ ގޮތުން މަރުކަޒީ އިންޖީނުގޭގެ ކެޕޭސިޓީ އިތުރު ކުރާނެ ކަމަށް ފެނަކަ އިން ބުނެފައިވެ އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނު ގެއިން ކަރަންޓް ދެނީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދުއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ