އެމެރިކާއިން ހަމަލާދީފި ނަމަ ރައްދު ދޭނަން: އީރާން

އެމެރިކާ އިން އީރާނަށް ހަމަލާ ދީފި ނަމަ އެ ކަމުގެ ރައްދު ހިތި ގޮތަކަށް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
ބީބީސީން ބުނި ގޮތުގައި އެ މުޒާހަރާތަކުގައި މިހާތަނަށް ވަނީ އެތައް ސަތޭކަ ބަޔަކު މަރުވެފަ އެވެ.
މުޒާހަރާގެ ބައިވެރިން މަރާލި މައްސަލާގައި އެމެރިކާ އިން ވަނީ އީރާނަށް އެ މައްސަލަތަކުގެ ތެރެއަށް ވަދެގަންނާނެ ކަމުގެ އިންޒާރު ދީފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ލީޑަރުން އޭނާއަށް ގުޅުއްވައި މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އަންގަވާފައިވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމުގެ ކުރިން ވެސް އެމެރިކާ އިން ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.
ނަމަވެސް އެ ކަންކަމުގެ ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ވަރަށް ވަރުގަދަ ފުރުސަތުތަކެއް ހުރި ކަމަށެވެ. އީރާނަށް އަސްކަރީ ހަމަލާތައް ދިނުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން ޓްރަމްޕަށް މައުލޫމާތު ދީފައިވާ ކަމަށް ބީބީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭގެ އިތުރުން އީރާން ސަރުކާރާ ދެކޮޅު ވަސީލަތްތައް އިތުރުކުރުމާއި އީރާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ސައިބާ ހަތިޔާރު ބޭނުންކުރުން ވެސް ހިމެނެ އެވެ. ނުވަތަ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އެމެރިކާ އިން އިރާނަށް ހަމަލާ ދީފި ނަމަ އިޒްރޭލާއި އެމެރިކާގެ އަސްކަރީ އަދި ޝިޕިން ސެންޓަރުތަކަކީ އަމާޒު ފަތްގަނޑަށް ހައްދަވާނެ ކަމަށެވެ.
ތަކެތީގެ އަގުތައް ބޮޑުވުމާ ދެކޮޅަށް ފެށި މުޒާހަރާތައް މިހާރު ދަނީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.
އީރާނުގެ އެޓާނީ ޖެނެރަލް ވިދާޅުވީ މުޒާހަރާ ކުރާ ކޮންމެ މީހަކީ "اللهގެ ދުޝްމަނުން" ކަމަށެވެ. އަދި ހާމަނާއީ ތުހުމަތު ކުރެއްވި ގޮތުގައި ދައުލަތާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އެ މުޒާހަރާތައް ކުރަނީ ޓްރަމްޕް ރުއްސުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ