އޭއޯ ރޯދައިގެ ބަދިގެ: ސްޓްރޯބަރީ ލެމަނޭޑް އޭއޯ ރޯދައިގެ ބަދިގެ : ޑޭޓް މިލްކް ޝޭކް އޭއޯ ރޯދައިގެ ބަދިގެ: ކްރީމީ ޗިކެން ޕާސްތާ އޭއޯ ރޯދައިގެ ބަދިގެ: ޗޮކްލެޓް ބޯލްސް މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ 9,000 ރުފިޔާގެ ފްލެޓ

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ27ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ކޯންޑް ބީފް ޕާސްތާ ” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
4 ޖޯޑު ޕާސްޓާ
7 ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް
ކުޑަ ލޮނުކޮޅެއް
3 ލޮނުމެދު
3 ހިކަނދިފަތް
1/2 ފިޔާ
1 ދަޅު ކޯންޑް ބީފް (340 ގްރާމް)
4 ޗީޒް ފޮތި
1 ކުޑަ ޓޮމާޓޯ ޕޭސްޓް ދަޅު
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތެއްޔަކަށް ފެންކޮޅު އަޅާލައި ފެންގަނޑު ކެކިގަންނަންދެން ކައްކާށެވެ.ފެންގަނޑު ކެކި ގަތީމައި އޭގެތެރެއަށް ޕާސްޓާކޮޅާއި މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ލޮނު ކޮޅެއްވެސް އެޅި ދާނެއެވެ. ކޯންޑް ބީފްއަކީ ވަރަށް ލޮނުގަދަ އެއްޗަކަށް ވާތީވެ ދެ އިނގިލިން ނަގާ ބުރުއްސާލެވޭވަރުގެ ލޮނުކޮޅެއް އަޅާލާށެވެ.ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. އަދި ފިޔައާއި ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ. ޕާސްޓާ ރަނގަޅަށް ކެކުމުން ފެނުން ނަގާފައި ބަހައްޓާށެވެ.
ބޮޑު ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާފައި އެހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދާއި ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. ފިޔާކޮޅު މަޑުވާން ފެށުމުން ކޯންޑް ބީފްކޮޅު އޭގެ ތެރެއަށް އަޅާލައި ކޯންޑް ބީފްކޮޅަށް މުށިކުލަ އަރަންދެން ކައްކާށެވެ. ދެން ޓޮމާޓޯ ޕޭސްޓް އަޅައި އިތުރު 5 މިނެޓެއް ހާއިރު ވަންދެން ކައްކާލާނީ އެވެ. އެއަށްފަހު ކުރިން ކެއްކި ޕާސްޓާއާއި ޗީޒް ފޮތިތައް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލައި ޗީޒްފޮތިތައް ދިޔާވާން ފަށަންދެން ކައްކާލާނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ