ބިދޭސީންނަށް ކުއްޔަށް ދީފައި ހުރި ފްލެޓުތަކުގެ އެއްބަސްވުންތައް ބާތިލު ކުރަނީ ބިދޭސީންނަށް ކުއްޔަށް ދީފައި ހުރި ފްލެޓުތަކުގެ އެއްބަސްވުންތައް ބާތިލު ކުރަނީ

ސޯޝަލް ހައުސިންގެ ގޮތުގައި ދީފައި ހުންނަ ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ތަންތަން އަންނަ ޖެނުއަރީން ފެށިގެން އަތުލާނެ ކަަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިންގެ ގޮތުގައި ދީފައިވާ ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.
ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފްލެޓުތައް ޖެނުއަރީ 3، 2026 ގެ ކުރިން ހުސްކުރުމަށް އެ އިއުލާނުގައި އަންގާފައިވެ އެވެ. އަދި، އެ ތާރީހަށް ފަހު އެއްވެސް ފްލެޓެއް ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ނަމަ، އެ ތަންތަނުގެ އެގްރީމެންޓުތައް ބާތިލު ކުރާނެ ކަމަށް އެޗްޑީސީން އިންޒާރު ކޮށްފައިވެ އެވެ.
ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފްލެޓުތަކުގެ އެގްރީމެންޓުތައް ބާތިލު ކުރާނެ ކަމަށް ބުނެ އެޗްޑީސީން އިންޒާރުކުރިއިރު، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ އެއްވެސް ފްލެޓެއް، އެއްވެސް ބަޔަކަށް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.
ހުޅުމާލެއިން ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައިވާ ގިނަ ފްލެޓުތައް ކުއްޔަށް ދީފައި ހުންނަނީ ބިދޭސީންނަށްވުރެ ގިނައިން ދިވެހީންނަށެވެ.
ހަމައެކަނި ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފްލެޓުތަކުގެ އެގްރީމެންޓުތައް ބާތިލު ކުރާނެ ކަމަށް ބުނެ އެޗްޑީސީން އިއުލާނެއް ނެރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ