ސަރުކާރުން އެމްޑީއެން އުވާލީ ރަނގަޅަށް ކަމަށް ކޯޓުން ކަނޑައަޅައިފި

އިސްލާމްދީނުގެ އަސްލުތަކާ މެދު ސުވާލު އުފައްދާ ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ހެދި މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ޖަމްއިއްޔާގެ މައްސަލަ ގޯސްވި ހިސާބަކީ “ޕްރިމިލިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓެއް ފެންމަތިވުމުންނެވެ. ދެހާސްނަވާދަ ވަނަ އަހަރުގެ ފަހުކޮޅު ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ.
އެކަމަކު ޖަމިއްޔާ އުވާލަން ނިންމި ނިންމުމަކީ ޖަމިއްޔާތަކުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލްކޮށްދޭން އެމްޑީއެންގައި ހިމެނޭ ޝަހިންދާ އިސްމާއިލް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ކޯޓުން ވަނީ އެ މައްސަލަ ނިންމި ގޮތް އާއްމުކޮށްފައެވެ.
ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ ޖަމިއްޔާތަކުގެ ރަޖިސްޓަރާއަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
އަދި އެ ނިންމުން ރަޖިސްޓަރާ ނިންމާފައިވަނީ އެމްޑީއެން އިން ޝާއިއުކުރި ރިޕޯޓުގައި އިސްލާމްދީނާ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރުމުން ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.
އަދި އެ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލްކުރުމަށް ޔޫތް މިނިސްޓްރީ ދަށުގައިވާ ޖަމިއްޔާތަކާ ބެހޭ ރަޖިސްޓްރާ ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ބާތިލް ނިންމުންތަކެއް ކަނޑައެޅޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ހުކުމްގައިވެއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ