ކުކުޅު ފިހާރަ: ޑްރަމްސްޓިކް ކޭހެއް ދޭ ޕްރޮމޯޝަންގެ އަށް ވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

"ކުކުޅު ފިހާރަ" އިން ކޮންމެ ހަފްތާއަކު ހިލޭ ކުކުޅު ޑްރަމްސްޓިކް ކޭހެއް ލިބޭ ޕްރޮމޯޝަންގެ 8 ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ނާތީ ހޮވިއްޖެއެވެ.ކަސްޓަމަރުންނަށް އަމާޒުކޮށް ކައިރިކައިރީގައި ގިނަ އަދަދެއްގެ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާ ކުކުޅު ފިހާރައިން މިހާރު ކޮންމެ ހަފްތާއަކު އެކަކަށް ޑްރަމްސްޓިކް ކޭހެއް ލިބޭގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 3 މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.ފޭސްބުކްގައި ކުކުޅު ފިހާރައިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ "ލައިކް، ޝެއާ އެންޑް ޓެގް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ގިނަ ރައްޓެހިންނަށް ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވުނީއެވެ. ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިޔާ، ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖުގައި އިއުލާން ކުރާނެ އެވެ. ކުކުޅު ފިހާރައަކީ ގިނަ އަދަދެއްގެ ފިނި ކުރި ސާމާނު އެންމެ އަގު ހެޔޮކޮށް ވިއްކަމުން އަންނަ ފިހާރަ އެވެ. މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ.  ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. އިތުރަށް ކިޔާލަން: ރާއްޖޭގެ އެންމެ ހެޔޮއަގު ނަމުގައި ކުކުޅު ފިހާރައިގެ ރޯދަ ޕްރޮމޯޝަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ