މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު މަސައްކަތްކުރަމުންދާ ސަރަހައްދުގެ ތާރުއެޅުމުގެ މަސައްކަތްތައް ޖުލައި 15 އަށް އެއްކޮށް ނިންމާލެވޭނެކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެމްޓީސީސީ އިން ބުނެފައިވަނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަންޖެހޭ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް 15 ޖުލައި 2026 އަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ތަފާސްހިސާބުތައް ހިއްސާކުރަމުން އެމްޓީސީސީއިން ބުނެފައިވަނީ، މަގުގެ 4 ވަނަ އަދި 5 ވަނަ ސެގްމަންޓުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި، އަދި އެ ސަރަހައްދުގައި ގާއިމުކުރާ ޕާކިންގ ޒޯންގެ މަސައްކަތް ވެސް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ޖުލައި 15 އަށް ނިންމާލެވޭނެ: އެމްޓީސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ