ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަސައްކަތް ނުނިމި މަޖިލީހުގައި "ޕާކްކުރެވިފައި" އޮންނަތާ ދެ އަހަރު ދުވަސް ވާން ކައިރިވެއްޖެ އެވެ.
މި ބިލަކީ ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނީ ހަރުދަނާ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒު އޮކްޓޫބަރު 31، 2024 ގައި އިއުލާނު ކުރެއްވި އިސްލާހެކެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވެފައިވަނީ، ގާނޫނަށް ގެންނަ ބަދަލުތަކާއެކު ދައުލަތުގެ ތެރޭގައި ހިންގާ ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ބެލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފަނޑިޔާރުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ފުރިހަމައަށް ބެލޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން އިސްލާހު ކުރަން ހުށަހެޅި މާއްދާގައި ހަތަރު ކަމެއް ކުށުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އަދި ކުށްތައް ދަރަޖަކުރުމުގައި ރައީސް، ވަޒީރުން، މަޖިލިސް މެންބަރުން އަދި ފަނޑިޔާރުން ކުރާ މިފަދަ ކުށްތައް ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެނޫން މީހުން ކުރާ ކުށްތައް ބަލަނީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.
ބިލުގެ ޓައިމްލައިން:
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް އަަށަގެންފައިވާ ކަން ފާހަގަކުރައްވަމުން، ވިދާޅުވީ، ގާނޫނަށް ގެންނަ ބަދަލުތަކާއެކީ މިފަދަ މައްސަލަތައް ބެލުމަށް ފަސޭހަ ވެގެން ދާނެ ކަމަށް.
ކޮރަޕްޝަން ނައްތާލުމަށާއި ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ގާނޫނީ އިސްލާހުގެ ގޮތުގައި ސަރުކާރުން ސިފަކުރި މި ބިލު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުގައި ތާށިކޮށްގެން ބާއްވާފައި ވާއިރު، މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ ކޮރަޕްޝަން މައްސަލަތައް ބެއްލެވުމަށް މޫނަކަށް ކަނދުރާއަކަށް ނުބައްލަވާނެ ކަމަށެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ހުށަހެޅި ބިލް މުއިއްޒުގެ ކޮންޓްރޯލްގައި އޮތް މަޖިލީހުގައި ތާށިވެފައި އޮންނަތާ ދެ އަހަރު ވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ