ވިނީޝިއުސް އަށް ރެއާލަށް ވުރެން ބޮޑު މުސާރައެއް ދޭން އާސެނަލުން ތައްޔާރު: ރިޕޯޓް

ލަންޑަން (ޖުލައި 27) - ބްރެޒިލްގެ ފޯވާޑް، ވިނީޝިއުސް ޖޫނިއާ އަށް ރެއާލް މެޑްރިޑުން ދެމުން އަންނަ މުސާރަ އަށް ވުރެން ބޮޑު ކޮންޓްރެކްޓެއް ދޭން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ތައްޔާރު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 
ރެއާލްގެ ކޮންޓްރެކްޓް އާ ކުރަން ވިނީޝިއުސްއާ އެކު ކުރިއަށްދާ މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ދުވަސްތައް ހިނގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެއާ އެކު، ގިނަ ކްލަބްތަކަކުން އަންނަނީ ވީނީޝިއުސް، 26، ގެ ސޮއި ހޯދުމަށްޓަކައި، އޭނާ އަށް އޮފާތަކެއް ހުށަަހަޅަމުންނެވެ. 
MU STORE
Enterprise Development Industrial Pvt Ltd
MU STORE
އިނގިރޭސި ދެ މީިޑިއާއެއް ކަމަށްވާ، ދި އެތުލެޓިކް އާއި ދި ޓެލެގްރާފް އިން ރިޕޯޓްކުރާ ގޮުތުގައި ވިނީޝިއުސް ގެންނަން މިހާރު އެންމެ ބުރަކޮށް މަސައްކަތްކުރަނީ އާސެނަލުންނެވެ. އެ ގޮތުން، އާސެނަލުން، ވިނީޝިއުސްގެ ސޮއި ހޯދަން، ބޮޑު މުސާރައެއް ދޭން ވަނީ ތައްޔާރުވެފަ އެވެ. 
ވިނީޝިއުސް މި ވަގުތު ރެއާލުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ، އޭނާ އަށް މިހާރު އޮތް ކޮންޓްރެކްޓުން، ހަފްތާ އަކު ބޯނަހާ އެކު، 450،000 ޑޮލަރާ ގާތްކުރާ އަދަދެއްގެ މުސާރައެއް ލިބެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި، އާސެނަލުން ވަނީ އެ އަށް ވުރެން އިތުރު މުސާރައެއް ދޭން ތައްޔާރުވެފަ އެވެ. 
ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ރެއާލުން ވިނީޝިއުސް އެންމެ ކުޑަ އަގެއްގައި ދޫކޮށްލަން އެއްބަސްވި ކަމުގައި ވިޔަސް ޓްރާންސްފާ ފީ 100 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ. 
މިދިޔަ އަހަރު ވިނީޝިއުސް އަށް ރެއާލުން ހުށަހެޅި ކޮންޓްރެކްޓެއްގައި އޮތީ އަހަރަކަށް 20 މިލިއަން ޑޮލަރެވެ. އެކަމަކު، ފަސް އަހަރަށް އޮތް އެ އެއްބަސްވުމާ މެދު ވިނީޝިއުސް ހިތްހަމަނުޖެހޭތީ މަޝްވަރާތައް ކުރިއަށް ނުދެ އެވެ .ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަތީ ފްލަމެންގޯ އަށް 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
ދާދި ފަހުން، ވިނީޝިއުސް ވަނީ ދަތްދޮޅީގެ ސާޖަރީއެއް ކުރިއަށްގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ