ރާއްޖޭގެ ސިޔާސީ މަޝްރަހުން މަލާމާތާއި ފުރައްސާރަކުރުމުގެ މަންޒަރުތައް ފެންނަކަމީ ހިތާމަވެރި ކަމެއް ކަމަށާއި ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެމަސައްކަތް ކުރަމުންދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.
އަސްލު ޓީވީގެ ދިވެހީންގެ ރާއްޖެ މެންބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެންބަރު ޒަރީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއަކީ ސިޔާސީ މައިދާނުގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި މިއަދު އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަރުތީބުވެގެން އަންނާނީ އަންނަން އޮތް ޖީލުތަކަށް ކަމަށެވެ.
ޒުވާނުންނަކީ ހަރުދަނާ ތައުލީމީ ގާބިލު ބަޔަކަށް ހަދައި، އިޖުތިމާއީ ފޭރާން ރަނަގަޅު، ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ރައީސް ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރަށްވާ ގާނޫނު ތަކަށް ވެސް އިސްލާހުތަކެއް ގެންނަވަމުންކަން މެންބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ގާނޫނުތަކަށް ގެންނަ އިސްލާހުތަކާ ގުޅިގެން އިދިކޮޅުގެ ފާޑުކިއުން އަމާޒުވަމުންދާ ކަން ފާހަގަ ކުރަށްވާ މެންބަރު ވިދާޅުވީ އެ ފާޑު ކިއުންތަކުގެ ތެރޭގައި ބިނާ ކުރަނިވި ފާޑުކިއުމެއް ނެތް ކަމަށެވެ.
މިސާލެއްގެ ގޮތުގައި މެންބަރު ޒަރީރު ނެންގެވީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އިސްކޮށް ހުންނަވާ ޕާޓީ ޕީއެންއެފްއެވެ. ގައުމެއްގެ ވެރިކަން ކޮށްފައި ހުރި ބޭފުޅަކު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިއުމުގެ ބަދަލުގައި ފެނިގެންދަނީ މަލާމާތް ކުރުމާއި ފުރަށްސާރަ ކުރާ މަންޒަރު ކަމަށް މެންބަރު ވިދާޅުވިއެވެ.
އަންނަން އޮތް ޖީލުތަކަށް ރަނގަޅު ފޭރާމެއް ލިބިފައިވާ، ހަރުދަނާ ނިޒާމުގެ ތެރެއިން ގާނޫނުތަކަށް ބޯލަނބާ ރައްޔިތުންތަކެއް އުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު ބާއްވަން ޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ. އެމަސައްކަތް ކުރެވޭނީ ސިޔާސީ ޕާޓީތަކާ، ޕާޓީތަކުގެ ލީޑަރުންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށާއި ނަމަވެސް މިއަދު އެ އެއްބާރުލުން ނުލިބޭ ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.
ޕާޓީތަކުގެ ލީޑަރުން މަލާމާތާއި ފުރައްސާރަ ނުކުރުމަށް ގޮވާލަން: މެމްބަރު ޒަރީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ