ފޭކް ސްލިޕް ފޮނުވައިގެން 1500 ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރަށް

ގއ. ވިލިނގިލީގެ އެކި ފިހާރަތަކަށް ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މާލެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރީ 37 އަހަރުގެ މުހައްމަދު ޝާރިފް، ގ. ރޯޒީ، މާލެ ކަމަށެވެ. އޭނާ ހައްޔަރުކުރީ ވިލިނގިލީގެ އެކި ފިހާރަތަކުން ތަކެތި ގަނެ އޮންލައިންކޮށް ފައިސާދެއްކި ކަމަށް ބުނެ ފޭކް ސްލިޕް ފޮނުވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް، ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައިގެ ތަހްގީގުގައި ބެލިބެލުމުން އެކި ފިހާރަތަކުން 1،500 ރުފިޔާގެ ތަކެތި އޭނާ ނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ. https://sun.mv/208571 މީގެ ކުރިން ވެސް ފޭކް ސްލިޕް ފޮނުވައިގެން އެތައް ހާސް ރުފިޔާއެއްގެ ކާބޯތަކެތި އޯޑަރުދިން ދެމަފިރިއެއްގެ މައްސަލަ އޮތީ ފެންމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ