މިލާން (ނޮވެމްބަރު 3) - އިޓާލިއަން ލީގުގައި ރޯމާ އަތުން 1-0 އިން މޮޅުވެ، އޭސީ މިލާނުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މިލާން އަތުން މި މެޗުން މޮޅުވެގެން ލީގުގެ އެއް ވަނަ އަށް ދިއުމުގެ ފުރުސަތު އޮތް ރޯމާ މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އިންޓަ މިލާނާއި ތިން ވަނައިގައި އޮތް އޭސީ މިލާނާއި ހަތަރެއްގައި އޮތް ރޯމާ އަށް ވަނީ 10 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިލާނަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ސްޓްރަހީނިއާ ޕަވްލޮވިޗް ޖެހި ގޯލުންނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ޕަވްލޮވިޗް މި ލަނޑު ޖެހީ ރަފައެލް ލެއާއޯ ތަަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މިލާނަށް ދެ ވަނަ ގޯލެއް ޖަހައިދޭން ކްރިސްޓޮފާ އެންކުންކޫ އާއި ޔޫސުފް ފޮފާނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެެވެ.
މެޗުގެ ނަތީޖާ ހަމަހަަމަކުރަން ރޯމާ އަށް ފަހު ވަގުތު ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ގޮތުން، ލޮރެންޒޯ ޕެލެގްރީނީގެ ހިލޭ ޖެހުމެއް ބްލޮކްކުރަން ފޮފާނާ ކުރި މަސައްކަތުގައި އަތުގައި ޖެހުނު ކަމަށް ބަލައި، ރޯމާ އަށް ޕެނަލްޓީއެއް ދިނެވެ. ޕައޮލޯ ޑިބާލާ، މެޗުގެ 82 ވަނަ މިނިޓްގައި ފޮނުވާލި ރޯމާގެ އެ ޕެނަލްޓީ، މިލާނުގެ ފްރާންސް ކީޕަރު، މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ.
ރޯމާގެ މައްޗަށް ކުރިހޯދައި މިލާން ތިން ވަނަ އަށް ރޯމާގެ މައްޗަށް ކުރިހޯދައި މިލާން ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ