ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އިންޑިއާއަށް ވަޑައިގެންފިއެވެ.
ޑރ. ޒަޔާނީ އިންޑިއާއަށް ވަޑައިގަތީ އިންޑިއާ-ބަޙްރައިންގެ ފަސްވަނަ މަތީ ފަންތީގެ ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށެވެ. މި ބައްދަލުވުން ކޯ-ޗެއަރ ކުރައްވާނީ ޑރ. ޒަޔާނީ އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރެވެ. ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށްފަހު ދެ ޚާރިޖީ ވަޒީރުން ވަނީ ދިއްލީގައި ބައްދަލުކުރައްވާފައެވެ.
މިފަހަރުގެ ބައްދަލުވުމުގައި ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން، ބަޙްރައިންގެ މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންގެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެއެވެ.
ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށްފަހު ޑރ. ޒަޔާނީ މިރޭ ދިއްލީއިން ފުރާވަޑައިގަންނަވާނެއެވެ. ބަޙްރައިންގެ ޚާރިޖީ ވަޒީރު އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރު ޑިސެމްބަރު މަހު ބަޙްރައިންގެ މަނާމާގައި އޮތް 4 ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމަށް ޑރ ޖައިޝަންކަރު ވަނީ ބަޙްރައިންއަށް ވަޑައިގެންފައެވެ.
ބަޙްރައިންގެ އިންޑިއާގެ 332،000 ރައްޔިތުން އެކި ވަޒީފާތަކުގައި އުޅެއެވެ. މިއީ ބަޙްރައިންގައި ދިރިއުޅޭ 1.5 މިލިއަން މީހުންގެ ތެރެއިން ނިސްބަތުން ބޮޑު އަދަދެކެވެ.
ބަޙްރައިންގެ ޚާރިޖީ ވަޒީރު އިންޑިއާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ